Last Updated: April 21, 17:45
Sunday, April 21, 2024
ޚަބަރު

ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދިނުމަށް ޝަރަފުއްދީން ސްކޫލް ވަރެއް ނެތް

ޝަރަފައްދީން ސްކޫލްގެ ވާހަކަ އަބަދުވެސް އިވެނީ ކޮންމެވެސް މޮޅު ކާމިޔާބީއަކާ އެކުއެވެ. މިފަހަރު ޝަރަފުއްދީން ސްކޫލްގެ ކާމިޔާބީގެ ހަރުފަތަށް އިތުރުވެގެން މިދަނީ މީގެ އަހަރު ތަކެއް ކުރިން އެސްކޫލުން ފެށި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދިނުމަށް އުފެއްދި ސެން ކްލާހުގެ ކާމިޔާބީގެ ވާހަކައެވެ.

މިމަހުގެ 24 ވަނަ ދުވަހު ބޭއްވި ޑިސެއިބިލިޓީ އެވޯޑް ހަފްލާއިން ޝަރަފުއްދީން ވަނީ އެވޯޑް ހާސިލްކޮށްފައެވެ.
10650042_700259483398600_4052054077409196262_n

2007 ވަނަ އަހަރު ޝަރަފުއްދީން ސްކޫލުން ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް އުގަންނައި ދިނުމަށް ހާއްސަ މަސައްކަތެއް ފަށައި "ސެން" ކުލާހުގެ ނަމުގައި، ކިޔަވައިދޭން ފެށިއެވެ. އެކްލާސް ވެގެން ދިޔައީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި އެކުދީންގެ ބެލެނިވެރިންނަށް ލިބިގެންދިޔަ ބޮޑު އުފަލަކަށެވެ.

ފާއިތުވެ ދިޔަ ކުރު މުއްދަތުގައި އެކްލާހުން ވަނީ މި ކުދިންނަށް ބޮޑެތި ކުރިއެރުންތައް ހޯދައިދީފައެވެ. އެކަން މިއަހަރު ފާހަނގަ ކުރި އޯޓިޒަމް ދުވަހުގެ ހަރަކާތުންވެސް ވަނީ ފެނިގެން ގޮސްފައެވެ.

ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައި ދިނުމުގައި ޝަރަފުއްދީން ސްކޫލް ހޯދި ކާމިޔާބީ އަކީ ޝުކުރު ހައްޤު މަސައްކަތެކެވެ. މިއަދުވެސް އެސްކޫލްގައި ހާއްސަ އެހީއަށް ބޭނުންވާ 19 ދަރިވަރަކު ކިޔަވަމުން އެބަގެންދެއެވެ.

އެކުދިންގެ ކުރި މަގު އުޖާލާ ކުރުމަށް ޝަރަފުއްދީން ސްކޫލުން ކުރައްވަމުން ގެންދާ ބުރަ މަސައްކަތައް އައްޑޫގެ އެންމެހާ ރައްޔިތުންގެ ފަރާތުން ޝުކުރު ދަންނަވަމެވެ.