Last Updated: May 20, 01:49
Sunday, May 19, 2024
ޚަބަރު

އަރަބިއްޔާ ސްކޫލް ދަރުމަވަންތަ އިމާރާތަށް

މި އަހަރުގެ ދިރާސީ އާ އަހަރަށް އަރަބިއްޔާ ސްކޫލް ހިންގާނީ ދަރުމަވަންތަ ސްކޫލް ހިންގަމުން އައި އިމާރާތުގައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

މި ގޮތަށް ނިންމި އިރު ދަރުމަންތަ ސްކޫލްގެ އާ އިމާރާތް ދިރާސީ އާ އަހަރާ އެކު ހުޅުވާނެ އެވެ. އެކަމަކު އެންމެ ފަހުގެ ތައްޔާރީތައް އަންނަނީވަމުންނެވެ.

އެޑިއުކޭޝަން މިނިސްޓްރިން ބުނީ އަރަބިއްޔާ ސްކޫލް މި އަހަރު ދަރުމަވަންތަ އިމާރާތަށް ބަދަލުވުމަކީ އެ ސްކޫލްގައި ކިޔަވާ ދަރިވަރުންނަށް ލިބޭ ވަރަށް ބޮޑު ފަސޭހައެއްގެ އިތުރުން ބެލެނިވެރިންނަށް ވެސް ލިބޭ ހިތްހަމަޖެހުމަކަށް ވާނެ ކަމަށެވެ. އަރަބިއްޔާ ސްކޫލަކީ އެތަނުގެ ހާލަތާ މެދު އަބަދު ބެސް ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރަންދާ ސްކޫލެކެވެ.

އަރަބިއްޔާ ކުރިން ހިންގި އިމާރާތުގައި ރެނދުލައި އެތަން ރައްކާރި ނޫން ކަމަށް ފެންނާތީ އެންމެ ފަހުން ސްކޫލް ހިންގީ އެމްޓީސީސީ ސޯމިލް އިމާރާތުގަ އެވެ.

ކުރީގެ ބާ ޖަމާލުއްދީން ސްކޫލް ހުރި ބިމުގައި އަރަބިއްޔާ ސްކޫލް އިމާރާތްކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. ސަރުކާރުން އެ މަސައްކަތް ހަވާލުކޮށްފައި ވަނީ އަމީން ކޮންސްޓްރަކްޝަނާ އެވެ. އެތަން އަންނަ އަހަރު ޕްލޭންކޮށްފައިވެ އެވެ.