Last Updated: April 27, 22:41
Saturday, April 27, 2024
ޚަބަރު

ދިވެސް އަކުރު ފޮންޓް ތައާރަފުކޮށްފި

ރާއްޖޭގައި ކުރިން ލިޔަން ބޭނުންކުރި ދިވެސް އަކުރު އަލުން ބޭނުން ކުރެވޭ ގޮތަށް އޭގެ ފޮންޓް ތައާރަފުކޮށްފި އެވެ.

މި ތައާރަފުކުރީ ދިވެހި ބަހާއި ތާރީހަށް ހިދުމަތްކުރާ ނާޖިހުދީދީގެ އެހީތެރިކަމާ އެކީ ރާއްޖޭގެ ކުރީގެ ފިލްމު ޑައިރެކްޓަރު އަދި ޅެންވެރިޔާ އީސާ ޝަރީފެވެ.

ދިވެސް ފޮންޓާ ބެހޭ ގޮތުން ނާޖިހުގެ ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ މިހާރު ވަރަށް ފަސޭހަކަމާ އެކީ ދިވެސް އަކުރު ފޮންޓުން ލިޔެވޭނެ ކަމަށެވެ. މިއީ ދިވެހިންގެ ގަދީމީ ޒަމާނުގައި ބޭނުންކުރި އަކުރެވެ.

ދިވެސް އަކުރު ބޭނުންކުރި ޒަމާނަށް ބަލާ އިރު ރާއްޖޭގައި 1720-150 އަށް ރަސްކަން ކުރެއްވި އިބްރާހިމް އިސްކަންދަރުގެ ޒަމާނުގައި މި އަކުރު ލިޔުމަށް ބޭނުންކޮށްފައިވެ އެވެ.

ނާޖިހުގެ ޕޯސްޓްގައި ދިވެސް އަކުރުން އަލުން ލިޔެވޭނެ ފުރުސަތު ދިވެހިންނަށް ފަހިކޮށްދޭން އީސަ ކުރި މަސައްކަތްތަކަށް ޝުކުރު އަދާކޮށް، ދިވެސް އަކުރު ޑައުންލޯންޑްކުރެވޭނެ ލިންކެއް ވެސް ހިއްސާކޮށްފަ އެވެ. މި މަސައްކަތަށް އިސް ނެގި އީސަ އަކީ ދިވެހިންގެ ތެރޭގައި ވަރަށް މަޝްހޫރުވި ފިލްމު "ފަތިސް ހަނދުވަރު" ގެ ޑައިރެކްޓަރެވެ. މީގެ އިތުރުން ގިނަ ފިލްމުތަކާއި ވީޑިއޯ ލަވަތަކެއް އޭނަ ޑައިރެކްޓްކުރި އެވެ.

އީސަ އަކީ މިހާރު ޅެން ހެދުމުގެ މަސައްކަތްކުރާ އަދި އެކަން އާލާކޮށް ދިރުވަން މަސައްކަތްކުރާ މީހެކެވެ.