Last Updated: October 4, 15:06
Wednesday, October 4, 2023
ޚަބަރު

މޫނުބުރުގާ އަޅާ އަންހެނުންގެ ހައްގުގައި އެއްވުމެއް

މޫނުބުރުގާ އަޅާ އަންހެނުންގެ ހައްގުގައި އަޑު އުފުލަން މާދަމާ ހަވީރު މާލޭގައި އަންހެނުންގެ އެއްވުމެއް ބާއްވަން ނިންމައިފި އެވެ.

މި އެއްވުން ކުރިއަށް ދާނީ މާދަމާ ހަވީރު 4:15 އިން ފެށިގެން އާޓިފިޝަލް ބީޗް ސަރަހައްދުގަ އެވެ. އެހެންވެ މީގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވާން އެދިފައިވެ އެވެ.

މޫނުބުރުގާ އަޅާ ޓީޗަރުންގެ ހައްގުގައި އަޑު އުފުލަން އެއްވުމެއް ބާއްވަން ނިންމީ ޓީޗަރުންގެ އާ ސުލޫކީ މިންގަނޑުގައި މޫނުބުރުގާ އަޅައިގެން ކިޔަވައި ނުދެވޭ ގޮތަށް ހަމަޖައްސާފައި އޮތުމާ ގުޅިގެންނެވެ. މިކަމާ ގުޅިގެން ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް ސަރުކާރަށް އަމާޒުވެފައިވެ އެވެ.

ޓީޗަރުންގެ އާ ސުލޫކީ މިންގަނޑުގައިވާ ގޮތުން އުނގަންނައި ދިނުމުގެ ހަރަކާތްތައް ކުރިއަށް ގެންދާ އިރު، އަދި ދަރިވަރުންނާ މުޢާމަލާތް ކުރާ އިރު ހުންނަން ވާނ، ތިމާ އަކީ ކާކުކަން އެނގޭ ގޮތަށެވެ. ކަމަށް ބުނެފަ އެވެ. އަދި އެކީގައި މަސައްކަތް ކުރާ އެހެން މުވައްޒަފުންނާއި ބެލެނިވެރީންނާ މުޢާމަލާތުކުރުމުގައި ވެސް ހުންނަން ވާނީ ކާކުކަން އެނގޭ ގޮތަށް، ސްޓާ ކާޑު އަޅައިގެން ކަމަށް ވެސް އުސޫލުގައި ބުނެފައިވެ އެވެ.

މިކަމާ ގުޅިގެން އަދާލަތު ޕާޓީ އަށް ނިސްބަތްވާ ޑރ. މުހައްމަދު އިޔާޒް ކުރެއްވި ޓްވީޓެއްގައި ވެސް ކަންބޮޑުވުން ފާޅުކުރައްވާފައިވެ އެވެ. އޭނަ ވިދާޅުވީ އިސްލާމީ މިންގަނޑުން ހެދުން އެޅުމަކީ ކޮންމެ ދިވެއްސަކަށް ޝަރުއީ އަދި ޤާނޫނީ ގޮތުން ލިބިދީފައިވާ ޙައްޤެއް ކަމަށެވެ. އެހެންވެ ބަޔަކު މީހުން ހަދާ ގަވާއިދެއްގައި މޫނުބުރުގާ އަޅައިގެން ކިޔަވައި ދިނުން މަނާ ނުކުރެވޭނެ ކަމަށާއި މަނާކުރާ މީހާ އެ ކުރަނީ ދީނީ ގޮތުންނާއި ޤާނޫނީ ގޮތުން ވެސް ކުށެއް ކަމަށް ވިދާޅުވި އެވެ.

މީގެ ކުރިން ވެސް މޫނުބުރުގާއާ ގުޅޭ ގޮތުން ނިންމާފައިވާ ނިންމުންތަކާ ހެދި ރާއްޖޭގައި މައްސަލަތައް ބޮޑުވެފައިވެ އެވެ.