Last Updated: May 6, 09:45
Tuesday, May 6, 2025
ޚަބަރު

ފޭދޫ ބަނދަރު ހުޅުވައި ދެއްވައިފި

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ށ. ފޭދޫ ބަނދަރު ރަސްމީގޮތުން ހުޅުއްވައިދެއްވައިފި އެވެ.

ރައީސް މިހާރު ށ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ހުޅުވައިދެއްވި ށ. ފޭދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް ކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އިންނެވެ.

ފޭދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތުގެ ދަށުން ބަނދަރު ފުންކުރުމާއި ބޭރުތޮށި ޖެހުމާއި ރިވެޓްމެންޓް ޖެހުމާއި އެއްގަމުތޮށި ޖެހުން އަދި ޕޭވްމަންޓާއި ބަނދަރުބައްތިފަދަ ބަނދަރާ ގުޅޭ އެކި މަސައްކަތްތައް ކޮށްފައިވެ އެވެ.

އަތޮޅުތަކުގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރުމަތިކޮށް ޚިދުމަތްތައް ފުޅާކުރެއްވުމަށް ސަރުކާރުން ރަށްރަށުގައި ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގައި ނިމިފައިވާއިރު، ރައީސް މިހާރު އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން އެތަންތަން ރަސްމީ ގޮތުން ހުޅުއްވައި ދެއްވައި، ޚިދުމަތްތައް ދަނީ އިފްތިތާޙް ކޮށްދެއްވަމުންނެވެ.