Last Updated: May 2, 21:43
Friday, May 3, 2024
މީހުން

"ޑޮކް ސޮސައިޓީ" ގެ ސާޗް މަރުވެއްޖެ

އެކިއެކި ކަންކަމާ ގުޅޭ ގޮތުން ޑޮކިއުމަންޓަރީތައް ހަދަން ފަންޑް ހޯދަން ދުނިޔޭގެ ފެންވަރުގައި މަސައްކަތްކުރަމުން އަންނަ އިނގިރޭސިވިލާތުގެ އަމިއްލަ ޖަމާއަތެއް ކަމަށް "ޑޮކް ސޮސައިޓީ" އުފެއްދުމުގައި އިސްކޮށް އުޅުނު މީހުންގެ ތެރޭގައި ހިމެނޭ ޕްރޮޑިއުސަރު ޖެސް ސާޗް މަރުވެއްޖެ އެވެ.

މީޑިއާތަކުން ބުނީ އުމުރުން 54 އަހަރުގައި އޭނަ މަރުވީ މިދިޔަ ހޯމަ ދުވަހު އެވެ. މަރުވި އިރު، ސާޗް ގެންދިޔައީ މިދިޔަ ޖޫން މީހުން ސިކުނޑީގައި ޓިއުމަރެއް އުފެދި އެކަމަށް ފަރުވާ ހޯދަމުންނެވެ.

އޭނަ އިސްކޮށް ހުރެގެން 2005 ގައި ވުޖޫދަށް ގެނައި ޑޮކް ސޮސައިޓީ" އިން މިހާތަނަށް އެތައް ޑޮކިއުމަންޓަރީއެއް އުފައްދާފައިވެ އެވެ. އަދި އެތަނުން އުފެއްދި ގިނަ ޑޮކިއުމަންޓަރީތަކަށް އެކި އެވޯޑްތައް ވެސް ލިބިފައިވެ އެވެ. "ޑޮކް ސަޮސައިޓީ" އިން އުފެއްދި ފާހަގަކޮށްލެވޭ ބައެއް ޑޮކިއުމަންޓަރީތަކުގެ ތެރޭގައި "ޑާޓީ ވޯސް"، "ވިރުންގާ"، "ލިވިން ވިތު ދަ ޓިއުޑޯސް" އަދި "ކްއީޑަމް" ހިމެނެ އެވެ.

ސާޗްއާ "ޑޮކް ސޮސައިޓީ" ގައި ހިމެނޭ މީހުންގެ ތެރޭގައި މޭގާ ސޫދު، ޝަނީޑާ ސްކޮޓްލަންޑް، ސަންޑްރާ ވިޕްޕަން، ބީޑީ ފިންޒީ އަދި މެކްސީން ފްރޭންކްލިން ހިމެނެ އެވެ.