Last Updated: May 4, 13:11
Saturday, May 4, 2024
ޚަބަރު

ވިއުގަ އަޕްގްރޭޑްކުރާތީ ކަރަންޓު ކެނޑިދާނެ

ކަރަންޓުގެ ވިއުގަ އަޕްގްރޭޑްގެ މަސައްކަތަކަށް މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނެފައިވަނީ އެކުންފުނިން ދެމުންގެންދާ ކަރަންޓުގެ ހިދުމަތުގައި ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތެއް މިއަދު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން ގަލޮޅުގެ އަލިކެލެގެފާނު މަގާއި، ސަހަރާމަގާއި، ނިޔަދުރުގޯޅީގެ އަދި ބޮޑުރަސްގެފާނު މަގުން މިއަދު މެންދުރު 13:30 އިން 15:30 އަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާކަމެއް ކަމަށެވެ. މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް މާފަށް އެދޭ ކަމަށްވެސް ސްޓެލްކޯއިން ބުނެފައިވެއެވެ.

މާލެ ސަރަހައްދަށް ކަރަންޓުގެ ހިދުމަތްދޭ ސްޓެލްކޯއިން އަންނަނީ އެ ކުންފުނިން ފޯރުކޮށްދޭ ކަރަންޓުގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.