Last Updated: April 27, 22:41
Sunday, April 28, 2024
ޚަބަރު

މުއިއްޒު ލައްވާލީ ޕްލޭން ސީ އަށް!

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމްއިން ވާދަ ކުރާނެ ކަމަށާއި ޕީޕީއެންސީގެ ކެންޑިޑޭޓު މާލެ ސިޓީ މެޔަރ މުހައްމަދު މުއިއްޒު ވަދަކުރާނީ "ވޯސްޓު ކޭސް"ގައި ކަމަށް ރައީސް ޔަމީންގެ ވަކީލް އަދި އެމަނިކުފާންގެ ރަނިންމޭޓު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޕީޕީއެމްގެ ފަރާތުން ރައީސް ޔާމީންގެ ނަން އިލެކްޝަނަށް ހުށަހެޅުމުން އެނަން ބަލައި ނުގަނެ ޕީޕީއެމްއަށް އަނބުރާ ފޮނުވާލުމުން ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓެއްގެ ގޮތުގައި ޑރ. މުހައްމަދު މުއިއްޒު އިންތިހާބުގައި ވާދަކުރެއްވުމަށް ރިޔާސީ ޓިކެޓު ވަނީ އަރުވާފައެވެ.

ރައީސް ޔާމީންގެ ކެންޑިޑޭސީ އާއި ގުޅޭގޮތުން އެޕާޓީން ސްޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑު އެހުން ރޭ ނިންމާލުމަށް ފަހު ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ޑރ. ޖަމީލް ވިދާޅުވީ ޕީޕީއެމްއަކީ ރާއްޖޭގެ ދެވަނަ އަށް އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށާއި، އެޕާޓީގެ ކެންޑިޑޭޓު ރައީސް ޔާމިނަށް ވާދަކުރެއްވޭނެ ކަމަށް ގަބޫލް ކުރައްްވާ ކަމަށެވެ. އަދި އެމަނިކުފާނަށް ވާދަ ނުކުރެއްވުނަސް ޕީޕީއެމްއިން ކެންޑިޑޭޓަކު ނެރޭނެކަމަށެވެ. އަދި ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުއިއްޒު އަކީ "ވޯސްޓު ކޭސް"ގައި ހުންނަވަ ކެންޑިޑޭޓުކަމަށެވެ.

ޑރ. މުހައްމަދު ޖަމީލް މިގޮތަށް ވިދާޅުވި އިރު ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވެސް ވިދާޅުވީ ޕީޕީއެމްގެ ޕްލޭން އަކީ ރައީސް ޔާމީން ކަމަށެވެ. އަދި އެމަނިކުފާނަށް ވާދަ ނުކުރެއްވޭނަމަ ޕީޕީއެމްއިން ކެންޑިޑޭޓަކު ނެރޭނެ ކަމަށެވެ. އަދި އެކަން ޑރ. މުއިއްޒުއަށް މާ ކުރިންވެސް އެނގިވަޑައިގަންނަވާ ކަމަށެވެ.

ރައީސް ޔާމީންގެ ކެންޑިޑޭސީ އާއި ގުޅޭ ބަހުސް ސްޕްރީމް ކޯޓުން ރޭ ނިންމާފައިވާ އިރު ދެން އޮންނާނީ މި މައްސަލައިގެ ހުކުމް ކުރުމަށް ބާއްވާ ޝަރީއަތްކަމަށް އުއްތަމަ ފަނޑިޔާރު ރޭ ވަނީ ވިދާޅުވެފައެވެ.

ރިޔާސީ އިންތިހާބަށް ނަންަ ހުށަހެޅުމުގެ ފުރުސަތު ވަނީ މި މަހުގެ 7 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައެވެ.