Last Updated: June 15, 13:51
Monday, June 15, 2026
ޚަބަރު

ރާއްޖޭގެ އެންމެ ދުވަސްވީ މީހާ ނިޔާވެއްޖެ

ރާއްޖޭގައި މި ވަގުތު ހުރި އެންމެ ދުވަސްވީ މީހާ ކަމަށް ބެެލެވޭ އައްޑޫ ހިތަދު އަށް ނިސްބަތްވާ އަލީ ހުސައިން 110 އަހަރުގައި ނިޔާވެއްޖެ އެވެ.

ހިތަދޫ މަންޒަރުގޭ ހުސައިން ނިޔާވީ މިއަދުގެ ވަގުތެއްގަ އެވެ. އޭނަގެ ޖަނާޒާ ބާއްވަން ހަމަޖެހިފައި ވަނީ އަސްރު ނަމާދަށް ފަހު ހިތަދޫ މަސްޖިދުއް ތަޤްވާ (ހުސެއިން މޫސާ) މިސްކިތުގަ އެވެ.

އަލީ ހުސައިން އުފަންވީ މެއި 14، 1913 ގަ އެވެ. އޭނަގެ ‏59 ކާފަދަރިންނާއި 80 މުނިކާފަ ކުދިން ވެސް އެބަތިއްބެވެ.