Last Updated: October 1, 14:18
Sunday, October 1, 2023
ޚަބަރު

އިދިކޮޅު ބައްދަލުވުމަކަށް ބަޔަކު ވަނުމުން ފުލުހުން ހަރަކާތްތެރިވަނީ

އިދިކޮޅު ޕީޕީއެމް ޕީއެންސީ ސެނެޓް ބައްދަލުވުމުގެ ތެރެއަށް ބަޔަކު ވަނުމުން ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.

ފުލުހުން ބުނެފައިވަނީ، ޕީޕީއެމް ސެނެޓް ބައްދަލުވުމެއް ޕީޕީއެމްގެ އޮފީހުގައި ކުރިއަށްދަނިކޮށް އެތަނަށް އިތުރު ބަޔަކު ވަދެފައިވާ މައްސަލައެއް ޕީޕީއެމުން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޝަރުތު ހަމަނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަށް މިއަދު ސުޕްރީމް ކޯޓުން ތާއިދު ކޮށްފައިވާއިރު، ރައީސް ޔާމީން ވަނީ އިންތިހާބު ބޮއިކޮޓް ކުރުމަށް އިދިކޮޅު ލީޑާޝިޕަށް އިރުޝާދު ދީފައެވެ.

އެކަމާ ގުޅިގެން އިދިކޮޅު ޕީޕީއެމް، ޕީއެންސީގެ ކޯލިޝަންގެ ސެނެޓްގެ ބައްދަލުވުމެއް ބާއްވާފައިވާއިރު، އެ މަޝްވަރާގެ ތެރެއިން ސެނެޓް ބައްދަލުވުން ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. އެގޮތުން އެކި ފަރާތްތަކުގެ މެދުގައި ބަހުގެ ހަމަލާތައް ވަނީ ވަރަށް ބޮޑަށް ބަދަލުކޮށްފައެވެ. އެކަމާ ގުޅިގެން ސެނެޓްގެ ބައްދަލުވުން ވަނީ މެދުކަނޑާލާފައެވެ.