Last Updated: May 9, 06:05
Thursday, May 9, 2024
ޚަބަރު

ދެ ކޮމަންޑޫ ގުޅުވާލަން ބިން ހިއްކައި ނިމިއްޖެ

ށ. މަތި ކޮމަންޑޫ ބިން ހިއްކުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމާލައިފި އެވެ.

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ މަތި ކޮމަންޑޫގެ ބިން ހިއްކައި ނިމިފައިވާ ކަމަށާއި މާދަމާ އުކުޅަސް ބިން ހިއްކަން ފަށާނެ ކަމަށެވެ. މި ސަރުކާރަކީ އިންތިހާބަށް ކަނޑަޖަހާ ސަރުކާރެއް ނޫންކަން ރައްޔިތުން ގަބޫލުކުރަނީ މިގޮތަށް ޕްރޮޖެކްޓައް އިތުބާރާއެކު ފަށަމުން ނިންމަމުން ދާތީ ކަމަށް އާޒިމް ވިދާޅުވި އެވެ.

މަތި ކޮމަންޑޫ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން 16.7 ހެކްޓަރުގެ ބިން ހިއްކައި، 200 މީޓަރު ދިގުމިނުގެ ލިންކަކުން ކޮމަންޑޫ އަދި މަތިކޮމަންޑޫގައި ހިއްކާ ސަރަހައްދު ގުޅުވާލުން ހިމެނެ އެވެ. އަދި 1،690 މީޓަރުގެ ޝޯ ޕްރޮޓެކްޝަން ރެކްޓިފިކޭޝަން މަސައްކަތް ކުރުން ވެސް ހިމެނެ އެވެ.

މަތިކޮމަންޑޫ ބިން ހިއްކައި ކޮމަންޑޫއާ ގުޅުވާލުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުުކޮށްފައިވަނީ 249.90 މިލިއަން ރުފިޔާއަށް މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ.