Last Updated: July 27, 10:35
Saturday, July 27, 2024
ކުޅިވަރު

ބެންޒެމާ އާއި މާނޭ އުމްރާވެއްޖެ

ސައުދީ ލީގަށް މިހާރު ލީގަށް މިހާރު ކުޅެމުން އަންނަ ކަރީމް ބެންޒެމާ އާއި ސަޑިއޯ މާނޭ އުމްރާގެ އަޅުކަން އަދާކޮށްފި އެވެ.

ދެ ކުޅުންތެރިން އުމްރާގެ އަޅުކަމުގެ ތެރޭގައި އުޅެނިކޮށް ނަގާފައިވާ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ވެސް ޕޯސްޓްކޮށްފައިވެ އެވެ. އަދި އެ ޕޯސްޓްތަކަށް ގިނަ އަދަދެއްގެ ފޭނުން ކޮމެންޓްކޮށް މަރުހަބާ ވެސް ކިޔާފައިވެ އެވެ.

ސައުދީގެ ޓީމެއް ކަމަށްވާ އަލް އިއްތިހާދަށް ބަދަލުވީ މިދިޔަ ޖޫން މަހުގެ ތެރޭގަ އެވެ. ފްރާންސަށް އުފަން ބެންޒެމާ އުމްރާގެ އަޅުކަން އަދާކުރި އިރު، ސްޕެއިނަށް ނިސްބަތްވާ އޭނަގެ ބައިވެރިޔާ ޖޯޑަން އޮޒޫނާ އަކީ ވެސް މިހާރު މުސްލިމެކެވެ.

މައްކާގެ ހަރަމްފުޅު ތެރޭގައި ނަގާފައިވ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ހިއްސާކޮށް ބެންޒެމާ، 35، ބަނީ އުމްރާގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ލިބުނީތީ ﷲ އަށް ޝުކުރުކުރާ ކަމަށް ބުނެފަ އެވެ. އޭނަ 2016 ގައި ހައްޖުގެ އަޅުކަން ވެސް އަދާކޮށްފައިވެ އެވެ.

ސައުދީ ލީގަށް ކުޅެމުން އުމްރާގެ އަޅުކަން އަދާކުރި މާނޭ އަކީ ޕޯޗްގަލް އަށް ނިސްބަތްވާ މަޝްހޫރު ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެމުން އަންނަ އަލް ނަސްރު އަށް މިހާރު ކުޅެމުން އަންނަ ކުޅުންތެރިއެކެވެ. އެ ޓީމަށް ފުރަތަމަ މެޗް ކުޅުނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އަދި އުމްރާގެ އަޅުކަން ފުރިހަމަކުރީ އެ މެޗަށް ފަހު އެވެ.

އުމުރުން 31 އަހަރުގެ މާނޭ ސެނެގާލަށް އުފަން ކުޅުންތެރިއެކެވެ.