Last Updated: July 27, 09:39
Saturday, July 27, 2024
ޚަބަރު

ޑެންގީއާ ދެކޮޅަށް އަައްޑޫގައި ޕްރޮގްރާމެއް ފަށައިފި

އައްޑޫގައި ފަހަކަށް އައިސް ޑެންގީ ހުމުގެ ކޭސްތައް އިތުރުވަމުންދާތީ އެކަމަށް ހާއްސަކޮށްގެން ޕްރޮގްރާމެއް ފަށައިފި އެވެ.

މިކަމާ ބެހޭ ގޮތުން އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް އޭއީއެޗް) އިން މިއަދު ބުނީ އެތަނުގެ ޕަބްލިކް ހެލްތު ޔުނިޓުން ފަށާފައިވާ ޕްރޮގްރާމްގެ ތެރެއިން ޑެންގީ ކޭސްތައް ގިނަ ސަރަހައްދުތަކަށް ޒިޔާރަތްކޮށް މަދިރި އާލާވާ ތަންތަން ޗެކްކޮށް ރައްކާތެރިވާނެ ގޮތުގެ މައުލޫމާތު ދެމުން އަންނަ ކަމަށެވެ. އަދި މަދިރި އާލާވުން ހުއްޓުވުމަށްޓަކައި، އައްޑޫގައި މިހާރު ކުރިއަށްދާ މެގު ހެދުމުގެ މަޝްރޫއުގެ ތެރެއިން މަގުތައް ހަދަމުން އަންނަ ސަރަހައްދުތަކުގެ ކާނުގަނޑުތަކަށް ލާވިސައިޑް ކެމިކަލް ވެސް އަޅަމުން އަމްމަ ކަމަށް އޭއީއެޗިން ބުންޏެވެ.

އެތަނުން ވަނީ މަދިރި އާލާވުން ހުއްޓުވުމަށް ގޯތިތެރޭގައި ފެން ހަރުލާ ގޮތަށް ހުންނަ ތަކެތި ފެން ނޭޅޭ ގޮތަށް ބެހެއްޓުމަށް ވެސް އާންމުންނަށް އިލްތިމާސްކޮށްފައިވެ އެވެ.

މި ދުވަސްވަރަކި އައްޑު އަށް ވިއްސާރަ ވެސް ދުވަސްވަރަކަށްވުމާ އެކީ މިފަދަ ކަންކަމަށް ސަމާލުކަން ނުދޭ ނަމަ މަދިރި އާލާވުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

އެހެންވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ ފަރުދީ ޒިންމާއަކަށް ވެސް ހަދަން ޖެހެ އެވެ.