Last Updated: May 20, 01:49
Monday, May 20, 2024
ޚަބަރު

އިންތިހާބީ ރިޝްވަތު ރިޕޯޓްކުރަން ޕޯޓަލްއެއް

އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ތެރޭގައި ހިންގައިފާނެ ކަމަށް ބެލެވޭ ރިޝްވަތާއި ކޮރަޕްޝަނުގެ މައްސަލަތަކަށް ހާއްސަަކޮށްގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕޯޓަލްއެއް ތައާރަފުކޮށްފި އެވެ.

އެތަމުން ބުނީ އެ މެދުވެރިކޮށް، ގާނޫނުގައި ބަޔާންކޮށްފައިވާ އިންތިހާބީ ރިޝްވަތުގެ ކުށެއް ކުރާ ނަމަ އެ މައްސަލައެއް ވަރަށް ފަސޭހަކޮށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި ޕޯޓަލް މެދުވެރިކޮށް މައްސަލަ ހުށަހަޅާ މީހާގެ ވަނަވަރު ސިއްރުކުރަން ބޭނުންވާ ނަމަ އެ ފުރުސަތ އޮންނާނެ އެވެ. ނަމަވެސް، ހުށަހަޅާ މައްސަލައެއްގެ އަދާހަނަ އެ މީހަކަށް ދެމުން ގެންދާނީ ކާކުކަން އެނގޭ ގޮތަށް ހުށަހަޅާ މައްސަލަތަކުގައި އެކަނި ކަމަށް އޭސީސީން ބުންޏެވެ.

އެ ކޮމިޝަނުން ވަނީ ރިޝްވަތުގެ ކުށްތައް ރިޕޯޓުކުރުމުގައި އެކަމަށް ހާއްސަކޮށްފައިވާ ފޯމުގައި ހިމަނަން ޖެހޭ ހުރިހާ މައުލޫމާތެއް ފުރިހަމަ ކުރުމަށާއި އޭސީސީގެ އިހުތިސާސްތެރޭގައިވާ މައްސަލަތައް ރިޕޯޓުކުރުމަށް ސަމާލުކަން ދޭން ވެސް އެދިފަ އެވެ. އެހެންވެ މިންގަނޑަށް ނުފެތޭ ނަމަ މައްސަލަ ބަލައެއް ނުގަންނާނެ އެވެ.

އޭސީސީން ވަނީ އިންތިހާބުތަކާ ގުޅޭ ކޮރަޕްޝަންގެ ރިސްކު ކުޑަކުރުމުގެ ގައިޑްލައިނެއް ވެސް އާންމުކޮށްފަ އެވެ.

ރިޔާސީ އިންތިހާބު އޮންނާނީ އަންނަ މަހުގެ 9 ގަ އެވެ. އިންތިހާބުގައި 8 ކެންޑިޑޭޓަކު ވާދަކުރައްވާ އިރު، އެ ބޭފުޅުން މިހާރު ގެންދަވަނީ ވަރަށް ފޯރީގައި ކެމްޕޭން ކުރައްވަމުންނެވެ.

އިިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަކީ އެމްޑީޕީގެ ކެންޑިޑޭޓް އަދި މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހީމާއި ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބާއި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް ކާނަލް މުހައްމަދު ނާޒިމާއި އަމިއްލަ ގޮތުން ވާދަކުރައްވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ފާރިސް މައުމޫންގެ އިތުރުން ހަސަން ޒަމީލެވެ.