Last Updated: May 8, 22:22
Wednesday, May 8, 2024
ޚަބަރު

ކޭލަކުނު ހާއްސަކުރާނީ އިކޯ ޓޫރިޒަމަށް: މުއިއްޒު

ހދ. ކޭލަކުނު ހާއްސަކުރާނީ އިކޯ ޓޫރިޒަމަށް ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ކެމްޕޭނަށް އަތޮޅުތަކަޑް ފެއްޓެވި ފުރަތަމަ ދަތުރު އިއްޔެ ހދ. އަތޮޅަށް ފައްޓަވައި ރޭ ކުޅުދުއްފުށީގައި ރޭ ބޭއްވި ޖަލްސާގައި، މާލޭގެ މޭޔަ ވިދާޅުވީ ކޭލަކުނަކީ ބޮޑުތިލަދުންމަތީގެ އިގުތިސާދާ ވަރަށް ބޮޑަށް ގުޅިފައިވާ، އުންމީދީ ތަނެއް ކަމަށެވެ. އެހެންވެ އޭނަގެ ވެރިކަމެއްގައި އެ ރަށް ތަރައްގީކުރާނީ އީކޯ ޓޫރިޒަމަށް ހާއްސަކޮށްގެން ކަމަށް ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައު ކޭލުނުގެ ރީތިކަމާއި ގުދުރަތީ ހާއްސަކަން ނުގެއްލޭނެ ގޮތަށް އެ މަޝްރޫއުން މުޅި އަތޮޅުގެ އިގްތިސޯދަށް ވެސް ފައިދާ ކުރާނެ އެވެ.

"މިހާތަނަށް އައިއިރު ވެސް ހދ. އަތޮޅުގައި ރިސޯޓެއް ހިންގުމަކީ ނުވެފައި އޮތް ކަމެއް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ފަހަރު އެކަން ކޮށްދޭނަން." އޭނަ ވިދާޅުވި އެވެ.

މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު 2017 ގައި ކޭލަކުނު ޓޫރިޒަމަށް ތަރައްގީކުރަން ކުއްޔަށް ދޭން ހުޅުވާލި އެވެ. ނަމަވެސް އެކަން އެގޮތަށް ކޮށްފި ނަމަ ރަށަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމަށް ބުނެ އޭރު ގިނަ ބަޔަކު ކަންބޮޑުވުން ފާާޅުކުރުމުން އެ މަޝްރޫއު ކުރިއަކަށް ނުގެންދެ އެވެ