Last Updated: May 7, 17:06
Tuesday, May 7, 2024
ޚަބަރު

ރާއްޖޭގައި އަލަށް ކަނޑު ހުރަސްކޮށް ކަރަންޓް ކޭބަލެއް

ރާއްޖޭގައި ފުރަތަމަ ފަހަރަށް މޫދު އަޑިން ކަރަންޓް ކޭބަލެއް އަޅައި މީހުން ދިރިއުޅޭ ރަށަކަށް ކަރަންޓުގެ ހިދުމަތް ދިނުމުގެ ޝަރަފު ފެނަކަ ކޯޕަރޭޝަނަށް ލިބިއްޖެ އެވެ.

ކަނޑު ހުރަސްކޮށް ހުޅުވާލާފައިވަނީ ފަރެސްމާތޮޑާ އެއަރޕޯޓުގައި ޤާއިމްކުރި ޒަމާނީ އިންޖީނުގެއާއި ފަރެސް މާތޮޑާ އެވެ.

އެ އިންޖީނުގެއިން ފަރެސްމާތޮޑާއަށް ބޭނުންވާ ކަރަންޓު ފޯރުކޮށްދިނުން އިފުތިތާހު ކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ފަރެސްމާތޮޑާގައި ހަދާފައިވާ އިންޖީނުގެއަކީ 10 މެގަވޯޓުގެ ކަރަންޓު އުފެއްދޭ ފެންވަރަށް ހަދާފައިވާ އިންޖީނުގެ އެކެވެ. އަދި މި އިންޖީނުގެއަކީ ބޭރަށް އެއްވެސް އަޑެއް ނީވޭނެހެން ސައުންޑް ޕުރޫފް ކޮށް ހަދާފައިވާ ޒަމާނީ ފެންވަރުގެ އިންޖީނުގެ އެކެވެ.

ފެނަކައިން ބުނީ, ކުރިއަށް އޮތް 50 އަހަރަށްވެސް ފުދޭ މިންވަރަށް ހަދާފައިވާ މި އިންޖީނުގެއަކީ ފެނަކައިން ރާއްޖޭގެ ރަށްތަކުގައި އަސާސީ ހިދުމަތްތައް ކަށަވަރުކުރުމަށްޓަކައި ރައީސް ސޯލިހުގެ ދައުރުގައި ފެއްޓިގެން ކުރިއަށް ގެންދިޔަ ކާމިޔާބު މަޝްރޫއެއް ކަމަށެވެ.