Last Updated: May 2, 21:43
Thursday, May 2, 2024
މީހުން

ސިންގާތަކަކާ އެކީ މުފްތީ މެންކްގެ މެސެޖެއް!

މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކް ސިންގާތަކަކާ އެކީ ޖަންގެއްގެ ތެރޭގައި އުޅުއްވާ ވީޑިއޯއެކީ ހާއްސަ މެޖެއް ދެއްވައިފި އެވެ.

އެ ވީޑިއޯގައި ދެ ސިންގާއެއްގެ ކައީރީގައި ކަކޫ ޖައްސައިވައިގެން އިންނަވައި އެ އެއްޗެހީގައި އޭނަ ފިރުމާ މަންޒަރު ވެސް ވީޑިއޯ އިން ފެނެ އެވެ. މެންކްގެ ސޯޝަލް މިޑިއާގައި މި ވީޑިއޯ ހިއްސާކުރެއްވި ނަމަވެސް ވީޑިއޯ ނަގާފައިވާ ތަނަކާ ބެހޭ އެއްވެސް ވާހަކައެއް ހިއްސާކުރައްވައިފައެއް ނުވެ އެވެ.

އެކަމަކު އޭނަގެ އެ ވީޑިއޯ އިން ދެއްވާފައި ވަނީ ދީނީ ގޮތުން ވަރަށް ހާއްސަ މެސެޖެކެވެ. އެގޮތުން އިންސާނާ އަށް ﷲ އަށް ބިރުވެތިވުމުގެ މުހިއްކަމާއި ބޭނުންތެތިކަމާ ބެހޭ ގޮތުން އޭނަގެ ދައްކަވާ ވާހަކަތަކެއްގެ އަޑު ވީޑިއޯ އިން އިވެ އެވެ. މެންކް ވިދާޅުވެފައި ވަނީ ބިވެރިވެތި ވާން ޖެހެނީ ހަމައެކަނި ހެއްދެވި ފަރާތަށް ކަމަށާއި އެ ނޫން ފަރާތަކުން އެއްވެސް ކަމަކަށް ވާގިއެއް ވެސް އެދިގެން ނުވާނެ ކަމަށެވެ.

އޭނަ ފާހަގުރެއްވި ގޮތުގައި ﷲ އަށް ބިރުވެރިވާ މީހާ އަކީ ދީނުގެ އަގީދާގައި މަތީގައި ސާބިތުވެ ހުންނަ ﷲ އަށް ފުރިހަމަ އިތުބާރާއި ޔަގީންކަން އޮންނަ މީހެކެވެ. އެހެން ނޫން ނަމަ އެ މީހެއްގެ އަގީދާއާ މެދު ސުވާލު އުފެދޭނެ ކަމަށް މެންކް ވިދާޅުވި އެވެ.

އިސްލާމް ދީން ފެތުރުމާއި ދީނީ މައުލޫމާތު ފެތުރުއްވުމުގައި މުޅި ދުނިޔޭގައި ދަތުރުކުރައްވާ މުފްތީ މެންކް އަކީ ރާއްޖެ އަށް އެތައް ފަހަރެއްގެ މަތިން ވަޑައިގެން ދަރުސްތައް ދެއްވާފައިވާ، ގިނަ ބަޔަކު ވަރަށް ލޯބިވާ ދީނީ އިލްމުވެރިއެކެވެ. އޭނަ މިދިޔަ އަހަރު ރާއްޖެ އަށް ކުރެއްވި ދަތުރުގައި މާލެ އާއި ފުވައްމުލަކާއި އައްޑޫގައި ދަރުސްތަކެއް ދެއްވި އެވެ.

ސޯޝަލް މީޑިއާގައި ވަރަށް ހަރަކާތްތެރިކޮށް އުޅުއްވާ ޒިންބާބުވޭ އަށް ނިސްބަތްވާ މުފްތީ މެންކް، 48، އަކީ "ވަރަށް އެޑްވެންޗަރަސް" ޝަހުސިއްޔަތެކެވެ. ސިންގާތަކަކާ އެކީ އޭނަ އުޅުއްވާ ވީޑިއޯ އަކީ ވެސް މީގެ ބައެކެވެ. ސިންގާ އަކީ ޖަނަވާރުންގެ ތެރެއިން އެންމެ ނުރައްކާތެރި އެއް ޖަނަވާރެވެ.