ދެކުނު އެމެރިކާ އިން ފެނުނު ހަރުފައިގެ އާ ބާވަތަކަށް ހޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ހެރިސަން ފޯޑްގެ ނަމާ ގުޅުވައިގެން ނަން ދީފި އެވެ.
ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ 81 އަހަރުގެ ތަޖުރިބާކާރުގެ އެކްޓަރުގެ ނަމާ ގުޅުވައިގެން އަލަށް ފެނުނު ހަރުފައިގެ ބާވަތަށް ނަށް ދިނީ ފޯޑްގެ "އިންޑިއަނާ ޖޯންސް" ފިލްމު ސީރީޒްގައި ކުޅޭ އެޑްވެންޗަރަސް ކެރެކްޓާ ހަރުފަ ދެކެ ނަފުރަތުކުރާތީ އެކަމާ ވެސް ގުޅުވައިފަ އެވެ.
އެގޮތުން ހަރުފައިގެ އާ ބާވަތަށް ދިން ނަމަކީ ޓެޗިމެންނޮއިޑެސް ހެރިސަންފޯޑީ އެވެ. މިއީ ނުރައްކާތެރިކަން ކުޑަ އަދި 16 އިންޗި (40.6 ސެންޓިމީޓަރު) އަށް ބޮޑުވާ ޒާތުގެ ހަރުފައިގެ ބާވަތެކެވެ.
މި ވާހަކަ ވަނީ މި މަހުގެ 15 ގައި ޝާއިއުކުރި ޖަރުމަންގެ ޖާނަލް ސަލަނަންޑާގެ އިތުރުން ކޮންޒަވޭޝަން އިންޓަނޭޝަނަލްގައި ވެސް ހިމަނައިފަ އެވެ. އޭގައިވާ ގޮތުން މި އާ ބާވަތުގެ ހަރުފަ ފެނުނީ ޕެރޫއިންނެވެ. އެ ފެނުނީ ދިރާސާތަކެއް ކުރަން އުޅުނު ރިސާޗަރުންގެ ޓީމަކަށެވެ. އެއޫ އިލިއޯނިސް ވެސްލޭޔަން ޔުނިވަސިޓީގެ ޓީމެކެވެ.
ހަރުފައިގެ އާ ބާވަތަކަށް ދިން ނަމާ ބެހޭ ގޮތުން ފޯޑް ބުނީ އެކަމާ އުފާކުރާ ކަމަށެވެ. އަދި އާ ބާވަތުގެ ދިރޭ ތަކެތި ފެންނަމުން ދިއުމަކީ ދުނިޔެއާ ބެހޭ ގޮތުން ކިހާ ދިރާސާތަކެއް އަދިވެސް ޖެހޭކަން ހާމަކޮށްދޭ ކަމެއް ކަމަށް ބުންޏެވެ.
"އަހަރެން ވަރަށް އުންމީދު ވެސް ކުރަން މިފަދަ ރިސާޗްތަކަށް ބޭނުންވާ ފަންޑް ވެސް ފަސޭހަ އިން ލިބުން." ފޯޑް ބުންޏެވެ.