ސައުވީސް ރަށެއްގައި ސޯލާ ހަކަތަ ރައްކާކުރާ ބެޓަރީ ސްޓޯރޭޖް ގާއިމްކުރުމުގެ އެއްބަސްވެއްމުގައި ސަރުކާރުން ސޮއިކޮށްފިއެވެ.
އިޔާދަކުރަނިވި ޙަކަތައިން އުފައްދާ ކަރަންޓު ރައްކާކުރުމަށް ބެޓެރީ ސްޓޯރޭޖް ސިސްޓަމް ޤާއިމުކުރުމުގެ މަސައްކަތް އެންވަޔަރަމަންންޓް މިނިސްޓްރީން ހަވާލުކުރީ ޗައިނާގެ ނޭޝަނަލް ޓެކްނިކަލް އިމްޕޯޓް އެންޑް އެކްސްޕޯޓް ކޯޕަރޭޝަނާއި ގުއަޑިއަން ނަންޖިންގް އޮޓޮމޭޝަން ކޯ ލިމިޓެޑް އަދި ސީނޯ ސޯލާ ހައިބްރިޑް ޓެކްނޮލޮޖޯ ކޯ ލިމިޓެޑް ހިމެނޭގޮތަށް އުފައްދާފައިވާ ޖޮއިންޓް ވެންޗާއަކާ އެވެ.
މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އާމިނަތު ޝައުނާ އެވެ. ޗައިނާގެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ސީނިއަރ ޕްރޮޖެކްޓް މެނޭޖަރު ވަންގް ޕެއިޓާއޮ އެވެ.
މި ސްޓޯރޭޖް ސިސްޓަމްތައް ގާއިމުކުރުމަށް ހަމަޖެހިފައި ވަނީ އައްޑޫ ހިތަދޫ، ފޭދޫ، މަރަދޫފޭދޫ، މަރަދޫ، ހުޅުދޫ، މީދޫ، ލ. ފޮނަދޫ، ގަން، ދަނބިދޫ، އިސްދޫ، ކަލައިދޫ، މާބައިދޫ، މާމެންދޫ، ކުނަހަންދޫ، ހިތަދޫ، މާވަށް، ފުވައްމުލައް، ކުޅުދުއްފުށި، ގދ. ތިނަދޫ، ބ. އޭދަފުށި، ޅ.ހިންނަވަރު ނައިފަރު އަދި ގއ. ވިލިގިލީގަ އެވެ.
ވޯލްޑް ބޭންކްގެ އެހީގައި ހިންގާ، އެކްސެލެރޭޓިން ރެނިއުބަލް އެނަޖީ އިންޓަރގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނަޖީ (އެރައިސް) މަޝްރޫޢުގެ ދަށުން 40 މެގަބޮޓް އަވާގެ ބެޓްރި އެނަޖީ ސްޓޯރޭޖް ޤާއިމުކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
The contract signing ceremony was held today for the installation of 40 MWh capacity Battery Energy Storage Systems (BESS) across 24 islands in the Maldives. pic.twitter.com/HMRCXXBUAt
— Min. of Environment, Climate Change and Technology (@MoEnvmv) August 17, 2023
މިހާރުވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އަންނަނީ 7 މެގަވޮޓް އަވަާގެ ބެޓްރީ ސްޓޯރޭޖް ސިސްޓަމް ގާއިމުކޮށް ބޭނުންކުރަމުންނެވެ. މިހާރު ރާއްޖޭގައި ބޭނުންކުރާ އިޔާދަކުރަނިވި ޙަކަތައިގެ ކެޕޭސިޓީ ވަނީ 53 މެގަވޮޓަށް އަރައިފަ އެވެ.
އެރައިސްގެ ދަށުން ގާއިމުކުރާ އިޔާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓު އެވަގުތެއްގައި ބޭނުންކޮށް އިތުރުވާ ކަރަންޓު މި ނިޒާމުގައި ރައްކާކުރެވޭނެ އެވެ. އަދި ޙަކަތައިގެ ވިއުގައަށް ފޮނުވާ އިޔާދަކުރަނިވި ޙަކަތައިން އެ ރަށެއްގެ ޑިމާންޑު އޮންނަ މިންވަރުގެ 30 ޕަސެންޓަށް ވުރެ މައްޗަށްދާ ޙާލަތްތަކުގައި ގްރިޑްގައި މައްސަލަ ޖެހުން ދުރުކޮށް، ރަށުން ކަރަންޓު ކެނޑުން ފަދަ މައްސަލަތަކަށް ހައްލު ލިބިގެންދާނެ އެވެ.