Last Updated: July 6, 22:22
Sunday, July 6, 2025
ޚަބަރު

އެސްޓީއޯގެ މުވައްޒަފުންނަށް ޖިމެއް ހުޅުވައިފި

މާލެ ސަރަހައްދުގައި އުޅޭ އެސްޓީއޯގެ މުވައްޒަފުންނަށް ހާއްސަކޮށް އެސްޓީއޯގެ ސްޓާފް ޖިމް ހުޅުވައިފިއެވެ.

އެ ޖިމް ހުޅުއްވައިދެއްވީ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދެވެ.

އެސްޓީއޯއިން ބުނީ މި ޖިމަކީ އެންމެ ޒަމާނީ ވަސީލަތްތައް ހިމެނޭ ތަނެއް ޖާގައިގެ ގޮތުން ތަނަވަސް، ގިނަ ބަޔަކަށް އެއްފަހަރާ ބޭނުން ކުރެވޭނެ ތަނެއް ކަމަށެވެ. މުވައްޒަފުންނަށް މުޅިން ހިލޭ ޖިމް ބޭނުން ކުރެވޭނެ ކަމަށެވެ.

މިއީ އެސްޓީއޯގެ މުވައްޒަފުންނަކީ ދުޅެހެޔޮ ބަޔަކަށް ހަދަން ކުރާ މަސައްކަތުގެ ބައެކެވެ.