Last Updated: July 27, 09:53
Saturday, July 27, 2024
ޚަބަރު

ޖުއްބާ ލައިގެން އިމާމްވެ ހުކުރު ކުރާ ގޮތަށް ހަމަޖައްސައިފި

އިސްލާމީ މަރުކަޒުގައި ހުކުރު ޚުތުބާ ކިޔަމުން ދަނިކޮށް / ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އިމާމުވެ ހުކުރު ނަމާދުކުރާ ހުރިހާ ޚަޠީބުން ޖުއްބާލައިގެން ހުކުރުނަމާދު ކުރާގޮތަށް ހަމަޖައްސައި އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިފިއެވެ.

މިއީ ހުކުރު ކުރާ ހުރިހާ ޚަޠީބުންނަކީވެސް އެއްގޮތަކަށް، އެއް މިންގަނޑަކަށް ހެދުން އަޅާބަޔަކަށް ހަދައި، އިމާމުންނާއި ޚަޠީބުންގެ ހައިބަތު ދެމެހެއްޓުމުގެ މަޤްސަދުގައި ޢަމަލުކުރަން ފެށި އުސޫލެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. މި އުސޫލަށް މިވަގުތު ހަމައެކަނި މާލޭ ސަރަޙައްދުގެ ޚަޠީބުން ޢަމަލުކުރި ނަމަވެސް ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ޢަމަލު ކުރާނެ ކަމަށް މިނިސްޓްރީން ފާހަގަ ކުރެއެވެ.

މާލޭ ސަރަޙައްދުގެ މިސްކިތްތަކުގައި ހުކުރުކުރާ ހުރިހާ ޚަޠީބުންނަށް މިކަމަށް ވަކި އެލަންވަންސެއް ކަނޑައަޅައި، ކޮންމެ އަހަރަކުވެސް މިނިސްޓްރީން ޖުއްބާއާއި ތާކިހާ ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ ކުރީންވެސް އާންމު ގޮތެއްގައި ހުކުރު ކުރަނީ މިގޮތަށް ކަމުގައިވިއަސް، ހުކުރު ކުރާ ޚާތިބުން ވަކި ގޮތަކަށް ކަނޑައެޅިގެން އުސޫލެއްގެ ދަށުން ހެދުން އެޅުމުގެ މިންގަނޑު ހިފެހެއްޓިފައި ނުވެއެވެ. ނަމަވެސް މިއަދު ޢަމަލުކުރަންފެށި އުސޫލާ އެއްގޮތަށް މީގެފަހުން ކުރިއަށް ގެންދިއުމަށް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ޖުއްބާލައިގެން ހުކުރުނަމާދު ކުރުމަކީ ދުނިޔޭގެ އިސްލާމީ ޤައުމުތަކުގައި ކުރަމުން އަންނަ ކަމެކެވެ.