Last Updated: May 20, 01:49
Sunday, May 19, 2024
ދުނިޔެ

ބްލޮކްގެ ބަދަލުގައި ޓްވިޓާ އަށް މިއުޓް

ދާދި ފަހުން އެކްސް އަށް ރީބްރޭންޓްކުރި ޓްވިޓާގައި އެކައުންޓްތައް ބްލޮކްނުކުރެވޭ ގޮތް ހަދަން ނިންމައިފި އެވެ.

މިކަން އިއުލާންކުރައްވައި އޭގެ ވެރިޔާ އީލޮން މަސްކް ކުރެއްވި ޓްވީޓެއްގައި ވިދާޅުޗީ ފީޗާއެއްގެ ގޮތުގައި "ބްލޮކް" ދެން ބޭނުން ނުކުރާނެ ކަމަށެވެ. އަދި އޭގެ ބަދަލުގައި އެކައުންޓްތައް ދެން ކުރެވޭނީ "މިއުޓް" އެވެ. މި ބަދަލާ އެކީ އަމިއްލަ ޓައިމްލައިނުން ދެކެން ބޭނުންވާ އެކައުންޓްތައް "މިއުޓް" ބަޓަން މެދުވެރިކޮށް މިއުޓް ކުރެވޭނެ އެވެ.

މި ބަދަލާ ގުޅިގެން ޓްވިޓާގެ ކުރީގެ ސީއީއޯ ޖެކް ޑޯޒީ ވެސް ތާއީދުކުރައްވައި، ޓްވީޓެއް ކުރައްވާފައިވެ އެވެ.

އެކައުންޓްތައް ބްލޮކް ކުރެވޭ ފީޗާ ޓްވިޓާ އިން ދޫކޮށްލަން ނިންމި އިރު، މިދިޔަ އަހަރުގެ އޮކްޓޯބަރުގައި އީލޮން ޓްވިޓާ ބައްލަވައިގަތް އިރު، ބްލޮކްކޮށްފައި ހުރި ގިނަ އެކައުންޓްތަކެއް އިޔާދަ ވެސް ކޮށްފައިވެ އެވެ. އޭގެ ތެރޭގައި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގަދަ މަޝްހޫރު ބައެއް މީސްމީހުންގެ އެކައުންޓްތައް ވެސް ހިމެނެ އެވެ

އީލޮން 44 ބިލިއަން ޑޮލަރަށް ޓްވިޓާ ބައްލަވައިގަތް ފަހުން އެކި ކަހަލަ ބޮޑެތި ބަދަލުތަކެއް ގެންނަވާފައިވެ އެވެ.