Last Updated: May 2, 21:43
Thursday, May 2, 2024
ޚަބަރު

ފުލުހަކު ނިޔާވެއްޖެ

ފުލުހަކު ނިޔާވެއްޖެ އެވެ.

ރޭ ފަތިހު ނިޔާވެފައި ވަނީ އިންސްޕެކްޓަ އޮފް ޕޮލިސް އަހުމަދު މޫސާ، 48، އެވެ.

އަހުމަދު މެދުނުކެނޑި 25 އަހަރަށް ވުރެ ދިގު މުއްދަތަކަށް ފުލުހެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ މީހެކެވެ. އެގޮތުން ފުލުހުންގެ އިންފްރާސްޓްރަކްޗަރ ޑެވެލޮޕްމަންޓްގައި މަސައްކަތްކޮށް ގިނަ ހިދުމަތްތަކެއް ކޮށް ދީފައިވެ އެވެ. ދެއްވާފައިވެއެވެ. އަހުމަދު ނިޔިާވި އިރު މަސައްކަތްކުރައްވަމުން ގެންދެނީ ޕޮލިސް ކޯޕްރޭޓިވް ސޮސައިޓީ (ޕޮލްކޯ) ގަ އެވެ.

އޭނަ އަށް ލިބިފައިވާ ކުލަ އަދި މެޑަލްތަކުގެ ތެރޭގައި ސުނާމީ ކާރިސާގެ މެޑަލް، ފުލުހުންގެ މެޑަލް، އަޚުލާޤީ ކުލަ 1، ފުލުހުންގެ ޚިދުމަތުގެ ކުލަ، އިޚުލާޞްތެރި ޚިދުމަތުގެ ކުލަ، ހުނަރުވެރިކަމުގެ ކުލަ، މިނިވަން ފަންސާހުގެ މެޑަލް، ޖުމްހޫރީ ފަންސާހުގެ މެޑަލް ހިމެނެ އެވެ.

އަހުމަދު ނިޔާވި އިރު އަންބަކާއި ދެ ކުދިން ދުނިޔޭގައި އެބަތިއްބެވެ.