Last Updated: July 27, 09:39
Saturday, July 27, 2024
ޚަބަރު

ހުޅުމާލެ ހޮސްޕިޓަލުގެ ސީއެސްއެސްޑީ ހަދަން އެސްޓީއޯ އަށް

ހުޅުމާލެ ހޮސްޕިޓަލާއި އެސްޓީއޯ ދެމެދު އެއްބަސްވުުގައި ސޮއިކުރުން / ފޮޓޯ: އެސްޓީއޯ

ހުޅުމާލެ ހޮސްޕިޓަލުގެ ސެންޓްރަލް ސްޓްރެރައިލް ސާވިސް ޑިޕާޓްމެންޓް (ސީއެސްއެސްޑީ) ޑިޒައިކޮށް ތަރައްޤީ ކުރުމަށް އެސްޓީއޯއާއި ހަވާލުކޮށްފިއެވެ.

މި ޑިޕާޓްމެންޓް ތަރައްޤީ ކުރުމުގެ އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އަބްދުﷲ ސައީދެވެ. ހުޅުމާލެ ހޮސްޕިޓަލުގެ ފަރާތުން ސޮއިކުރެއްވީ އެ ހޮސްޕިޓަލުގެ ސީއީއޯ މާރިޔާ ސައީދެވެ. މި މަސައްކަތާއި އެސްޓީއޯއިން ހަވާލުވީ 262 ދުވަހުގެ ތެރޭ ނިންމާ ގޮތަށެވެ. އެގޮތުން ޑިޕާޓްމެންޓް ޑިޒައިންކޮށް މެޝިނަރީ އިންސްޓޯލް ކުރުމުގެ އިތުރުން މުވައްޒަފުންނަށް ބޭނުންވާ ތަމްރީނު ފޯރުކޮށްދޭނެއެވެ.

އެސްޓީއޯއިން ރާއްޖެ އެތެރެކޮށް ވިއްކާ ސްޕެއިންގެ މަޓަޗާނާ ބްރޭނޑުގެ ސްޓެރައިލް އިކުޕްމެންޓް މިދާއިރާގައި ގިނަ ތަޖުރިބާ ހާސިލްކޮށްފައިވާ ބްރޭންޑެކެވެ. އަދި ރާއްޖޭގައިވެސް މި ބްރޭންޑް ސެޓަޕްކޮށް އިންސްޓޯލްކޮށްދީފައިވާ ކަމަށް އެސްޓީއޯއިން ބުނެއެވެ. މިގޮތުން އައިޖީއެމްއެޗުގައި ބޭނުން ކުރަނީ މަޓަޗާނާގެ ބްރޭންޑުގެ ފުލް ސެޓަޕެއް ކަމަށް އެސްޓީއޯއިން ފާހަގަ ކުރެއެވެ.


ސީއެސްއެސްޑީ ނުވަތަ ސްޓްރައިލް ޑިޕާޓްމެންޓަކީ ހޮސްޕިޓަލްތަކުގައި އާންމުކޮށް ބޭނުންކުރާތަކެތި (އިންސްޓްރޫމެންޓް، ގޯޒް، ކޮޓަން، ޑްރެސިންގައި ބޭނުންކުރާ ތަކެތި) ސާފުކޮށް، ޖަރާސީމު ނައްތާލައި، ސްޓެރިލައިޒްކުރުމަށް ބޭނުންކުރެވޭ ތަނެކެވެ. މިއީ ކޮންމެ ހޮސްޕިޓަލަކަށް މުހިންމު ޑިޕާޓްމެންޓެކެވެ. މިގޮތުން އޮޕަރޭޝަން ތިއޭޓަރެއްގައި ބަލިމީހުންނަށް އެންމެ އެކަށޭނެ ފަރުވާ ދެވޭނީ ރަނގަޅު ޑިޕާޓްމެންޓެއް ޤާއިމްވެގެން ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯއިން އަބަދުވެސް މަސައްކަތް ކުރަނީ ރާއްޖޭގެ ސިއްޚީ ދާއިރާއަށް ވެދެވޭނެ އެންމެ އެކަށީގެންވާ އަދި އެންމެ ފުރިހަމަ ހައްލުތަކާއި ވެދިނުމަށްކަމަށްވެފައި، އާންމު ރައްޔިތުންނަށް އެކަމެއްގެ ސަބަބުން ވީހާވެސް ބޮޑު މަންފާއެއް ލިބޭނެފަދަ ކަންތައްތައް ކުރުމަށް އިސްކަންދެވޭ ކަމަށް އެކުންފުނިން ބުނެއެވެ.