Last Updated: October 23, 10:58
Wednesday, October 23, 2024
ޚަބަރު

ދިވެހިންގެ އެހީގައި ސީރިއާގައި މިސްކިތެއް ބިނާކޮށްފި

ދިވެހިންހެ އެހީގައި ސީރިއާގައި މިސްކިތެއް ބިނާކޮށް، އެ މިސްކިތް ބޭނުން ކުރަން ފަށައިފި އެވެ.

ދާހިލީ ހަމަނުޖެހުންތަކުގެ ސަބަބުން މުސްލިމު އާންމު ރައްޔިތުން ވަރަށް ދަތިކޮށް އުޅޭ އެ ގައުމުގެ ރެފިއުޖީ ކޭމްޕް ސަރަހަހެއްދެއްގައި ދިވެހިންގެ އެހީގައި ބިނާކުރީ 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މިސްކިތުގެ ނަމަކީ "މަސްޖިދު އައްސަލާމް" އެވެ.

މި މިސްކިތް ބިނާކުރީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ހިންގަމުން އަންނަ ހިންގާ "ތަޖްރީ" ކެމްޕޭންގެ ދަށުން ދިވެހިން އެހީގަ އެވެ.

ސީރިއާގައި ބިނާކުރި މިސްކިތަކީ ޒަމާނީ ފެންވަރަށް ބިނާކޮށްފައިވާ މިސްކިތެކެވެ. ނަމާދުކުރުމުގެ އިތުރުން މި މިސްކިތުގައި ޤުރުއާން ކިޔަވައި ދިނުމާއި ދީނީ ތަފާތު ޕްރޮގްރާމްތަށް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް އައިއޭސީން ބުންޏެވެ.