Last Updated: May 2, 21:43
Thursday, May 2, 2024
މީހުން

އުމުރުން 4، އެކަމަކު 7 ބަހަކުން ވާހަކަ ދައްކާ!

އުމުރުން ހަތަރު އަހަކީ އާންމު އުސޫލުން ނަމަ ކުއްޖަކު ރަނގަޅަށް ވާހަކަ އެނގެން ފަށާ އުމުރެވެ، އެކަމަކު އުމުރުން އެންމެ 4 ކުއްޖަކު ހަމަ ވަރަށް ރަނގަޅަށް ސާދާކޮށް، ހަތް ބަހަކުން ވާހަކަ ދައްކައޭ ބުނެފި ނަމަ ގައިމު ވެސް ގަބޫލު ކުރަން ދަތިވެދާނެ އެވެ. އެކަމަކު މިއީ ހަގީގަތެކެވެ. މިއީ ކޮން ކުއްޖެއްތޯ ބަލައިލަމާ ހިނގާށެވެ.

މިއީ އިހަކަށް ދުވަހު ރަޝިއާގެ ޓެލެންޓް ޝޯއެއްގައި ވާހަކަ ދެއްކުމުގެ ހުނަރު ދައްކައިލި ހަތަރު އަހަރުގެ ބެލާ ދެވިއަޓްކީނާ އެވެ. ޓެލެންޓް ޝޯގައި ބައިވެރިވެ، ޖަޖުންގެ ކުރިމަތީގައި މި ކުއްޖާ ބުނީ ހަތް ބަހަކުން ވާހަކަ ދައްކަން އެނގޭ ކަމަށެވެ. އަދި އެކަންވީ ޖަޖުންނަށް ވަރަށް ބޮޑު ހައިރާން ކަމަކަށެވެ. ގަބޫލުކުރަން ވެސް ދަތިވެ އެވެ.

އެކަމަކު ޝޯގެ ތެރޭގައި ބެލާ ވަނީ އޭނަ އަކީ ކިހާ ކުޅަދާނެ ކުއްޖެއްކަން ސާބިތުކޮށް ދީފަ އެވެ. މި ވީޑިއޯ ނިކަން ބަލައިލާށެވެ.

ބެލާ އަށް ވާހަކަ ދައްކަން އެނގޭ ހަތް ބަހަކީ އަމިއްލަ ގައުމު ކަމަށްވާ ރަޝިއާ ބަހުގެ އިތުރުން އިނގިރޭސި، އަރަބި، ފްރެންޗް، ސްޕެނިޝް، ޖަރުމަން އަދި ޗައިނީސް ބަހެވެ.

ބެލާއާ ބެހޭ ގޮތުން އޭނަގެ މަންމަ ޔޫލިއާ ދެވިއަޓްކީނާ ވަރަށް ތުއްތު އިރު ދަރިފުޅު ވެސް ރަނގަޅަށް ވާހަކަ ދައްކަން ފެށި ކަމަށާއި ބަސް ދަސްކުރުމުގައި ދަރިފުޅު ފަރާތުން ވަރަށް އާދަޔާހިލާފު ހުނަރުތަކެއް ފާހަގަވާން ފެށި ކަމަށެވެ. އެހެންވެ އެންމެ ފުރަތަމަ ރަޝިއާ ބަސް ބެލާ ދަސްކުރުމާ އެކީ ދެން އިނގިރޭސި ބަސް ދަސްކޮށްދޭން ފެށި ކަމަށެވެ.

"ދެން ދަރިފުޅު ބަސް ދަސްކުރާލެއް އަވަސްކަމާއި އެކަމުގައި އާދަޔާހިލާފު ހުނަރެއް ހުރިކަން ފާހަގަކުރެވުނީމަ އަހަރެމެން ދިޔައީ ދަރިފުޅަށް އިތުރު ބަސްތައް ތައާރަފުކޮށް ދެމުން،" ޔޫލީ ބުންޏެވެ. "ހަތަރު އަހަރުގައި ދަރިފުޅަށް ހަތް ބަހުން ވާހަކަ ދައްކަން އެނގުމުގެ ނަތީޖާ އަކީ މިއީ."