Last Updated: May 2, 21:43
Thursday, May 2, 2024
ޚަބަރު

ކެނަރީފްގެ އެޗްއާރް މެނޭޖަރަކަށް ޒީނާ

އައްޑޫ ކެނަރީފް ރިސޯޓްގެ ހިއުމަން ރިސޯސް (އެޗްއާރް) މެނޭޖަރަކަށް އައިމިނަތު ޒީނާ ހަމަޖައްސައިފި އެވެ.

އެ މަގާމަށް އޭނަ ހަމަޖެއްސި އިރު، މީގެ ކުރިން ވެސް އެޗްއާރް ދާއިރގައި މަސައްކަތްކޮށް ތަޖުރިބާ ހޯދާފައިވެ އެވެ. އެގޮތުން ޒީނާ ވަނީ އައްޑޫގައި ބަންދުކޮށްފައި އޮތް ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާގެ ހިއުމަން ރިސޯސްގައި ނުވަ އަހަރު މަސައްކަތްކޮށްފަ އެވެ. މީގެ އިތުރުން އައްޑޫގައި ކުރިން ހިންގި ވަކަޗިކޫ ހިތަދޫ ޕޯޓްސް ޕްރޮޖެކްޓާއި ފެނަކަ ކޯޕަރޭޝަންގައި ވެސް އޭނަ މަސައްކަތްކޮށްފައިވެ އެވެ.

ކެނަރީފުން ބުނީ އެތަނުގެ އެޗްއާރް މެނޭޖަރެއްގެ ގޮތުގައި ޒީނާ މަސައްކަތްކުރަން ފެށީ މިދިޔަ މަހުގެ 27 އިން ފެށިގެން ކަމަށެވެ. އޭނަ އަކީ އެޗްއާރާއި ޕޭރޯލް މެނޭޖްމަންޓްގެ އިތުރުން ސްޓާފް ވެލްފެއާ ދާއިރާ އިން ތަޖުރިބާ ހޯދާފައިވާ މީހެކެވެ.

ހެރަތެރަ ރިސޯޓްގެ ނަމުގައި 2007 ގައި ހުޅުވި ކެނަރީފަކީ މިހާރު ތުރީއޭ ކުންފުނިން ހިންގަމުން އަންނަ ރިސޯޓެކެވެ. އަދި މިއީ އައްޑޫގައި ހުޅުވި ފުރަތަމަ ރިސޯޓް ވެސް މެ އެވެ.