Last Updated: May 11, 21:55
Sunday, May 11, 2025
ޚަބަރު

ކޯނީ ރިޕޯޓް ގެއްލިއްޖެ، މައްސަލަ ފުލުހަށް

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން 2012 ފެބްރުއަރީ 7 ވަނަ ދުވަހު ނިމިގެންދިޔަ ގޮތް ތަހުގީގުކޮށް އެކުލަވާލި ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނީ) ރިޕޯޓް ގެއްލިފައިވާ ކަމަށާއި އެ މައްސަލަ ބެލުމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް އެމްޑޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ހދ. ނޭކުރެންދޫއަށް ވަޑައިގެން ސަޕޯޓަރުންނާ މުހާތަބު ކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ކޯނީގެ ތަހުގީގަށްފަހު ނިންމާފައިއޮތީ ރިޕޯޓް 25 އަހަރު ވަންދެން ރައްކާކޮށްފައި ބޭއްވުމަށް ކަމަށެވެ. އެހެންނަމަވެސް އެ ރިޕޯޓްވެސް ގެއްލިފައިވާ ކަމަށެވެ.

އެ ރިޕޯޓަކީ މިއީ ދައުލަތުގެ ބޮޑު ސިއްރެއް ކަމަށާއި މިއަދަކު އެވެސް ނެތް ކަމަށް ވިދާޅުވިއެވެ. އަދި އެކަން ބަލައި ތަހުގީގު ކުރީމުން އޭގައި ޒިންމާވާ މީހުން އެނގޭނެ ކަމަށާއި، އެ މައްސަލަ ފުލުހަށް ހުށަހަޅާ އެކަން ބަލަމުން އަންނަކަމަށް ވިދާޅުވިއެވެ.

ކޯނީ ރިޕޯޓްގައި ނިންމާފައިވަނީ ރައީސް ނަޝީދުގެ ވެރިކަން ބަދަލުވީ ބަޣާވާތަކުން ނޫންކަމަށެވެ.