Last Updated: July 11, 17:57
Saturday, July 11, 2026
ޚަބަރު

ޖަލު އޮފިސަރުންނަށް ވެސް ބޮޑީ ވޯން ކެމެރާ

ޖަލު އޮފިސަރުން ވެސް ބޮޑީ ވޯން ކެމެރާ ބޭނުން ކުރަން ފަށައިފި އެވެ.

އެ ޑިވައިސް ޖަލު އޮޕިސަރުން ބޭނުން ކުރަން ފެށުން އިފުތިތާހުކުރީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ 52 ވަނަ އަހަރީ ދުވަސް ފާހަގަކުރަން އިއްޔެ ރޭ ކ. މާފުށީ ސްކޫލްގައި ބޭއްވި ޖަލްސާގަ އެވެ. ބޮޑީ ވޯން ކެމެރާ އިފުތިތާހުކޮށް ދެއްވީ ކޮމިޝަނަރު އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅެވެ.

ފުލުހުން ވެސް މިހާރު ބޮޑީ ވޯން ކެމެރާ ބޭނުން ކުރެ އެވެ.