Last Updated: October 1, 14:18
Sunday, October 1, 2023
މުނިފޫހިފިލުވުން

"ތޭންކް ޔޫ ފޯ ކަމިން" ޓްރެއިލާ

ޒަމާނީ އަންހެނުންތަކެއްގެ ވާހަކަ ކިޔައިދޭ ބޮލީވުޑްގެ ޗިކް-ފްލިކް "ތޭންކް ޔޫ ފޯ ކަމިން" ގެ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.

އަންނަ މަހުގެ 6 ގައި ސިނަމާތަކަށް ގެންންނަ ހަމަޖެހިފައިވާ ފިލްމަކީ މަޝްހޫރު އެކްޓަރު އަނިލް ކަޕޫރްގެ ދަނބިދަރިއެއް ކަމަށްވާ ކަރަން ބޫލާނީގެ އަލަތު ޑައިރެކްޝަނެވެ. އޭނަ އަކީ އަނިލްގެ ދެވަނަ އަންހެން ދަރިފުޅު ޕްރޮޑިއުސަރު ރިއާ ކަޕޫރްގެ ފިރިމީހާ އެވެ.

އަނިލް ވެސް ރޯލެއް ކުޅެފައިވާ "ތޭންކް ޔޫ ފޯ ކަމިން" އަކީ ރިއާ އާއި އެކްތާ ކަޕޫރް ގުޅިގެން ޕްރޮޑިއުސްކޮށްފައިވާ އެއްޗެކެވެ. މިއީ 2018 ގެ "ވީރޭ ދީ ވެޑިން" ވެސް ގެނެސްދިން ޓީމެވެ. އަދި ރިއާ އާއި އެކްތާ ގުޅިގެން އަންނަ އަހަރު "ދަ ކްރޫ" ގެ ނަމުގައި ވެސް ފިލްމެއް ގެނެސްދޭނެ އެވެ.

"ތޭންކް ޔޫ ފޯ ކަމިން" ގެ މައިގަނޑު ކާސްޓްގައި ހިމެނެނީ ބޫމީ ޕިޑްނޭކަރާއި ޝެޙެނާޒް ގިލް ސަނާ) އާއި ކުޝާ ކަޕީލާ އާއި ޑޯލީ ސިންގް އާއި ނަތާޝާ ރަސްތޯހީ އެވެ. އިތުރު ކާސްޓުންގެ ތެރޭގައި ކަރަން ކުންދުރާ، ޕްރަދޫމަން ސިންގް، ސުޝާންތި ދިވިގްކަރް އަދި ސަލޯނީ ޑައިނީ ހިމެނެ އެވެ.