Last Updated: October 1, 12:15
Sunday, October 1, 2023
ޚަބަރު

އިސްދު އަށް 500 މީހުންގެ ޖާގައިގެ މިސްކިތެއް

ލ. އިސްދޫގައި 500 މީހުންގެ ޖާގައިގެ ޒަމާނީ މިސްކިތެއް އިމާރާތްކުރަން މިއަދު ބަޔަކާ ހަވާލުކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން އެ ޕްރޮޖެކްޓް ހަވާލުކުރީ ފެޑޯ ޕްރައިވެޓް ލިމިޓެޑާ އެވެ. އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އހުމަދު ޒާހިރު އަލީ އެވެ.

އިސްދޫގެ މި މިސްކިތަކީ އިމާރާތްކުރާ މިސްކިތުގެ އަގަކީ 19,6 މިލިއަން ރުފިޔާ ހަރަދުކޮށްގެން އިމާރާތްކުރާ މިސްކިތެކެވެ.
ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ހޭދަކޮށްގެން ހަދާ މިސްކިތް މަސައްކަތް ފަށާތާ އަހަރު ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ.

މި މިސްކިތަކީ އަންހެނުންނަށް ވެސް ނަމާދުކުރެވޭ ގޮތަށް ބިނާކުރާ މިސްކިތެކެވެ.