Last Updated: May 9, 14:09
Friday, May 9, 2025
ކުޅިވަރު

ފޭދޫ ފުޓުބޯޅަ ދަނޑު ހުޅުވައިފި

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އައްޑޫ ސިޓީ ފޭދޫ ފުޓުބޯޅަ ދަނޑު ހުޅުއްވައިދެއްވައިފި އެވެ.

ފޭދޫ ފުޓުބޯޅަ ދަނޑު ރައީސް ހުޅުއްވައިދެއްވީ، އައްޑޫ އަށް މިއަދު ފެއްޓެއްވި ދަތުރުފުޅުގައި މިރޭ އިރާކޮޅު ފޭދޫއަށް ވަޑައިގެންނެވެ.

ފޭދޫ ފުޓުބޯޅަ ދަނޑަކީ، ޓަރފްއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ދަނޑެކެވެ. މިދަނޑުގެ މަސައްކަތް ކޮށްފައި ވަނީ އެމްޓީސީސީއާ އަދި އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެންނެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރައީސް މިރޭ އައްޑު އަށް ވަޑައިގެންފައިވާއިރު ކެމްޕޭނުގެ އެކި ހަރަކާތްތައް މިރެ އާއި މާދަމާ ކުރިއަށްގެންދާނެ އެވެ. އަދި މާދަމާ ރޭ އައްޑޫގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް ވަނީ ނިންމައިފަ އެވެ.