Last Updated: October 1, 14:06
Sunday, October 1, 2023
ޚަބަރު

ތުރާކުނުގައި މިސްކިތެއް ހަދަން އެމްޓީސީސީ އަށް

ހއ. ތުރާކުނުގައި މިސްކިތް ބިނާ ކުރަން އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި އިއްޔެ އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ. މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އެވެ.

މި މަޝްރޫޢުގެ ދަށުނ،ް ތުރާކުނުގައި އިމާރާތް ކުރަން ހަމަޖެހިފައި ވަނީ ދެ ޖިންސުގެ މީހުންނަށް ނަމާދުކުރެވޭ 300 މީހުންގެ ޖާގައި މިސްކިތެކެވެ. މަސައްކަތް ފަށާތާ އަހަރު ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ މި މަޝްރޫއަށް 11.21 މިލިއަން ރުފިޔާ ހަރަދުދާނެ އެވެ.

މިސްކިތެއް އިމާރާތްކުރަން އެމްޓީސީއާ ހަވާލުކުރި އިރު، ސަރުކާރުގެ މި ކުންފުނިން އާންމުކޮށް މައިގަނޑު ގޮތެއްގައި ހިންގާ މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ ބަނދަރުތައް ހެދުމާއި ބިން ހިއްކުމާއި އެއާޕޯޓް ހެދުން ފަދަ މަޝްރޫއުތަކެވެ.