Last Updated: May 6, 20:00
Monday, May 6, 2024
ދުނިޔެ

ވާވޭގެ ފޯނަކާ ހެދި އެމެރިކާ އަށް ހާސްކަން

އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޗައިނާގެ މަޝްހޫރު ކުންފުނުި ވާވޭ އިން އުފެއްދި އާ މޮޑެލްއެއްގެ ފޯނަކާ ހެދި އެމެރިކާ ހާސްވެ، އޭގެ ހަގީހަތް ހޯދުމާ ގުޅޭ ތަހުގީގެއް ފަށައިފި އެވެ.

މި 5ޖީ ފޯނަކީ ކިރިން 9000 ޕްރޮސެސަ އެކުލެވޭ "ވާވޭ މޭޓް 60 ޕްރޯ" އެވެ. މީގައި ބޭނުންކޮށްފައިވާ ޓެކްނޮލޮޖީގެ އެމެރިކާގެ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އައިސް، އޭގައި ބޭނުންކޮށްފައިވާ ވަރުގަދަ ޗިޕްގެ ފެންވަރާ ގުޅިގެން އެމެރިކާ އަށް ވަނީ ނުތަނަވަސްކަމާ ކުރިމަތިލާން ޖެހިފަ އެވެ.

މީގެ އެންމެ ބޮޑު ސަބަބަކީ ޗިޕް އުފެއްދުމުގެ މައިދާނުގައި ވާވޭ ވައްޓައިލަން މިހާތަނަށް ގިނަ ފިޔަވަޅުތަކެއް ވެސް އަޅާފައި ވަނިކޮށް، ޗިޕް ޓެކްނޮލޮޖީގައި އެ ކުންފުނިން ހޯދި ބޮޑު ކުރިއެރުން އެމެރިކާ އަށް ހަޖަމުނުވުމެވެ. ފާހަގަކޮށްލެވޭ ކަމަކީ ޑޮނަލްޑް ޓްރަމްޕް ވެރިކަމުގައި ހުންނެވި ދުވަސްވަރު ވެސް ވާވޭ އަށް ވަރަށް ގިނަ ދުއްތުރާ ޖައްސައި، އެ ކުންފުނިން އެމެރިކާ އިން ބްލެކްލިސްޓް ވެސް ކުރިކަމެވެ.

ނަމަވެސް އެމެރިކާ އިން މިހާތަނަށް ކުރިމަތިކުރި ހުރިހާ ފިއްތުންތަކަކާ އެކީ ވެސް ވާވޭ ދިޔައީ އެ ކުންފުނީގެ ވަރުގަދަކަން ދައްކަމުންނެވެ. އަލަށް އުފެއްދި "ވާވޭ މޭޓް 60 ޕްރޯ" އަކީ އޭގެ ހެއްކެކެވެ.

މި ފޯނުގެ ޒަރީރާ އިން އެމެރިކާ އަށް "ޖާސޫސީ" ގިނަ އުނދަގޫތަކަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ބަލައި އެމެރިކާ އިން މިހާރު ވަނީ މީގެ ހަގީގަތް ދެނެގަތުމަށް "ބޮޑު ތަހުގީގެއް" ފަށައިފަ އެވެ. އަދި މިކަމާ އެންމެ ފަހުގެ މައުލޫމާތު ވެސް މި ހަފުތާގައި ވައިޓް ހައުސް އަށް ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޭކް ސަލިވަން ދެއްވާފައިވެ އެވެ.

އޭނަ އަންގާރަ ދުވަހު ވިދާޅުވީ "ވާވޭ މޭޓް 60 ޕްރޯ" ގެ ހަގީގަތް ހޯދަން އެއަކޮށްފައި ހުރިހާ މަސައްކަތެއް ބަލާނެ ކަމަށެވެ.

މިކަމާ ގުޅިގެން ވާވޭ އިން ވަކި އެއްޗެއް އަދި ނުބުނެ އެވެ. މިދިޔަ މަހުގެ ތެރޭގައި "ވާވޭ މޭޓް 60 ޕްރޯ" ދައްކާލައި އެ ވިއްކަން ފެށީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ.

ޗައިނާގެ ކުންފުންޏެއް ފޯނެއްގެ ހަގީގަތް ހޯދަން އެމެރިކާ އިން ފެށި އިރު، އެމެރިކާގެ އެޕެލް ކުންފުނީގެ އައިފޯނާއި އެ ނޫން ވެސް ބިދޭސީ ބްރޭންޑްތަކުގެ ފޯނު ޗައިނާގެ ސަރުކާރުގެ ތެރޭގައި ރަސްމީ ކަންކަމަށް ބޭނުން ކުރުން މިހާރު ވަނ ހުއްޓުމަކަށް ގެނެސްފަ އެވެ.