Last Updated: December 5, 23:15
Tuesday, December 5, 2023
މުނިފޫހިފިލުވުން

އަކްޝޭގެ އާ ފިލްމުގައި ހަގީގީ ހާދިސާއެއް

ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ އަކްޝޭ ކުމާރުގެ އާ ފިލްމު "މިޝަން ރާނީގަންޖު" ގެ ޓީޒާ ދައްކާލައި އެ ފިލްމު ރިލީޒްކުރާ ތާރީހު އިއުލާންކޮށްފި އެވެ.

ކޯލްމައިނެއްގެ ތެރޭގައި ތާށިވާ ބަޔަކު ސަލާމަތްކުރަން ކުރާ މަސައްކަތްތަކެއް ދައްކުވައިދޭ މި ސަވައިވަލް ތުރިލާ ސިނަމާތަކަށް ގެންނަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 6 ގަ އެވެ. "މިޝަން ރަޖުނީގަންދު" ހަދާފައި ވަނީ 1989 ގެ ނޮވެމްބަރު މަހުގެ ތެރޭގައި ކޯލްމައިނެއްގެ ތެރޭގައި ތާށިވި ގިނަ ބަޔަކު ސަލާމަތް ކުރަން ހިންގި އޮޕަރޭޝަނަށެވެ. އެ މިޝަންގައި އިސްކޮށް ހުރީ ޖަސްވަންތު ސިންގް ގިލް ކިޔާ މީހެކެވެ.

"މިޝަން ރާނީގަންޖު" ގައި އަކްޝޭ ކުޅެފައި ވަނީ ޖަސްވަތުގެ ރޯލެވެ. މި ފިލްމު ޑައިރެކްޓްކޮށްފައި ވަނީ ޓީނޫ ސުރޭޝް ދެސާއީ އެވެ. މީގެ ކާސްޓްގައި ރަވީ ކިޝަން، ކުމުދު މިޝްރާ، ވަރޫން ބަޑޯލާ، ޕަވަން މަލްއުތުރާ، ދިބްޔެންޑޫ ބަޓަޗާރިއާ އަދި އާންނަތު މަހާދޭވަން ފަދަ ފަންނާނުން ހިމެނެ އެވެ.

"މިޝަން ރާނީގަންޖު" އަކީ މި އަހަރު ރިލީޒްވާ އަކްޝޭގެ ތިން ވަނަ ފިލްމެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަމީ މިދިޔަ މަހު ރިލީޒްކުރި "އޯމްއެމްޖީ 2" އެވެ. މި އަހަރު އަކްޝޭގެ ފުރަތަމަ ފިލްމަކީ ފެބްރުއަރީގައި ގެނެސްދިން "ސެލްފީ" އެވެ.