Last Updated: October 8, 10:53
Tuesday, October 8, 2024
ރިޕޯޓް

ވޯޓް މާދަމާ؛ ތައްޔާރު ދޯ؟

މާދަމާ އަކީ މި އަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓްލާ ދުވަހެވެ. ގައުމު ހިންގާނެ ވެރިއަކު މާދަމާގެ ވޯޓުން ސާފުވެގެން ދާނެ އެވެ. އެހެންވެ ވޯޓް ލުމުގެ ހައްގު ލިބިފައިވާ އުމުރުގެ އެންމެން އެ ހައްގު އަދާކުރުން ވަރަށް މުހިއްމެވެ. މިއީ ގައުމީ، ފަރުދީ ޒިންމާއެކެވެ. މާދަމާގެ މި ވޯޓަކީ އަނެއްކާ ވެސް ކުރިއަށް އޮތް ފަސް އަހަރަށް ރާއްޖޭގެ ކަންކަން ކުރިއަށް ގެންދަން ރައްޔިތުން ބޭނުން ވަނީ ކިހިނެއްތޯ ނިންމާނެ ވޯޓެކެވެ.

އިންތިހާބުގައި ވާދަކުރަނީ ކޮން ބައެއް؟

އިންތިބުގައި ޖުމްލަ 8 ކެންޑިޑޭޓަކު ވާދަކުރައްވަ އެވެ. އެއީ ޕާޓީތަކުން ވާދަުރައްވާ ފަސް ކެންޑިޑޭޓަކާއި އަމިއްލަ ގޮތުން ވާދަކުރައްވާ ތިން ކެންޑިޑޭޓަކެވެ.

1. އުމަރު ނަސީރު (މިނިވަން ކެންޑިޑޭޓެއް)
2. ހަސަން ޒަމީލު (މިނިވަން ކެންޑިޑޭޓެއް)
3. ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އެމްޑީޕީ)
4. ޑރ. މުހައްމަދު މުއިއްޒު (ޕީއެންސީ)
5. ގާސިމު އިބްރާހީމް (ޖުމްހޫރީ ޕާޓީ)
6. އަހުމަދު ފާރިސް މައުމޫން (މިނިވަން ކެންޑިޑޭޓެއް)
7. އިލްޔާސް ލަބީބު (ދަ ޑިމޮކްރެޓްސް)
8. ކާނަލް މުހައްމަދު (ނާޒިމް އެމްއެންޕީ)

އިލެކްޝަން ކޮމިޝަން (އީސީ) ގެ ބެލުމުގެ ދަށުން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް މިހާރު އަންނަނީ ވޯޓްގެ ތައްޔާރީތައްވަމުންނެވެ. މާދަމާ ހެނދުނު 8:00 ގައި ވޯޓްލާން ފަށާ އިރު، އެ މީހަކު ވޯޓްލާ މަރުކަޒާއި ވޯޓްލާން ޖެހޭ ފެށި ކަށަވަރުކޮށްފައި ބާއްވާށެވެ.

ވޯޓްލާން ޖެހޭ ފޮށި ޗެކްކުރާނީ ކިހިނެއް؟

ވޯޓްލާ ފޮށި ޗެކްކުރުމަށް VR (PC) އައިޑީ ނަމްބަރު ޖަހާފައި 1414 އަށް އެސްއެމް ކުރުމުން ވޯޓްލާން ޖެހޭ ފޮށި ޔަގީން ކުރެވޭނެ އެވެ.

މި އަހަރުގެ އިންތިގާބުގައި ވޯޓްލެވޭ މީހުންގެ އަދަދު 282،395 އަށްއ އަރަ އެވ. މީގެ ތެރެއިން 27،000 އަށް ވުރެ ގިނަ މީހުންނަކީ އަލަށް ވޯޓްލާ މީހުންނެވެ.

ވޯޓްލާން މި އިންތިހާބަށް އީސީން ޖުމްލަ 574 ވޯޓްފޮށި ބަހައްޓަ އެވެ މި ފަހަރު ވޯޓްފޮށި ބަހައްޓަން ނިންމީ ފަސް ގައުމެއްގަ އެވެ. އެއީ އިންޑިއާ، ސްރީ ލަންލާ، މެލޭޝިއާ، ޔޫއޭއީ އަދި އިނގިރޭސިލާތެވެ.

ވޯޓް ބާތިލު ވާނީ ކިހިނެއް ހެދީމަ؟

ތިމާ ލާ ވޯޓަކީ ސައްހަ ވޯޓަކަށް ހަދަން ކޮންމެ މީހަކު ވެސް އިސްކަން ދޭން ޖެހެ އެވެ.

އެހެން ނޫނީ ލާ ވޯޓް ބޭކާރު އެއްޗަކަށް ވެދާނެ އެވެ. އީސީން އިރުޝާދު ދީފައިވާ ވޯޓް ކަރުދާހުގައި އެއް ފާހަގައެއް ވުރެ ގިނަ ފާހަގަ ޖަހައިފި ނަމަ އެ ވޯޓެއް ބާތިލުވާނެ އެވެ. އެހެންވެ ފާހަގަ ޖަހަން ވާނީ ތިމާ ވޯޓްދޭން ނިންމާ ކެންޑިޑޭޓް ދިމާ ގޮޅީގައި އެކަންޏެވެ.

ކެމްޕޭން މިއަދު ނިންމާލަން ޖެހޭނެ

ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ ފަހު ދުވަހަކީ މިއަދެވެ. މިއަދު ހަވީރު 6:00 އާ ހަމައަށް ކެމްޕޭން ކުރުން ހުއްޓައިލަން ޖެހޭނެ އެވެ.

އެގޮތުން އެ ވަގުތުން ފެށިގެން އަންނަ އާދީއްތަ ދުވަހު ހެނދުނު 6:00 އާ ހަމައަށް ކެމްޕެއިން ޖަގަހަތައް ހުޅުވައި ކެމްޕެއިން ކުރުމުގެ ގޮތުން އެއްވެސް ޢަމަލެއް ހިންގުމާއި، ކެމްޕެއިން ޖަގަހަތައް ހުޅުވާފައި ބެހެއްޓުމަކީ މަނާކަމެކެވެ.