Last Updated: May 2, 21:43
Thursday, May 2, 2024
ވިޔަފާރި

ލެ މެރީޑިއަންގެ ރިސޯޓްގެ މެނޭޖަރަކަށް ސާބިރު

ލެ މެރީޑިއަން ރިސޯޓް އެންޑް ސްޕާގެ ރިސޯޓް މެނޭޖަރަކަށް މުހައްމަދު ސާބިރު އައްޔަންކޮށްފި އެވެ.

ޓޫރިޒަމް ދާއިރާގެ 20 އަހަރުގެ ތަޖުރިބާހުރި ސާބިރަކީ އައްޑޫ ފޭދު އަށް ނިސްތަބްވާ މީހެކެވެ. އޭނަ މިހާތަނަށް ޓޫރިޒަމް ދާއިރާގެ އެ މަގާމުތައް އަދާކޮށްފައިވެ އެވެ.

ސާބިރުގެ ކެރިއަރުގައި 2003 ގައި ފެށިގެން އައީ ފޯ ސީޒަންސްގެ ކުޑަހުރާ ރޫމް ސާވިސް ސާވާއެއްގެ ގޮތުގަ އެވެ. އޭގެ ފަހުން ދާއިރާ އިން ކުރިއެރުންތައް ހޯދަމުން އައި އިރު، އެކިއެކި ތަންތަނުގައި މަސައްކަތްކޮށް ތަޖުރިބާ ހޯދާފައިވެ އެވެ. ސާބިރު މަސައްކަތްކުރި ތަންތަނުގެ ތެރޭގައި ފޯ ސީޒަންގެ ހޮޓެލް ޝަންހާއީ އާއި އެތަނުގެ ހޮންކޮންގް ޕްރޮޕަޓީ އާއި ފޯ ސީޒަންސް ހޮޓެލް ރިޔާދާއި އަލީލާ ވިލާސް ހަނޑަހާ މޯލްޑިވްސް އަދި ޝަންގްރިވިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާ ހިމެނެ އެވެ.

ލެ މެރީޑިއެންގެ ރިސޯޓްގެ ރިސޯޓް މެނޭޖަރުގެ މަގާމާ ހަވާލުވުމުގެ ކުރިން ސާބިރު މަސައްކަތް ކުރަމުން އައީ އަދާރަން ސިލެކްޓް މީދުއްޕަރުގެ ރެސިޑެންޓް މެނޭޖަރެއްގެ ގޮތުގަ އެވެ.

ލެ މެރީއަންއާ އޭނަ ގުޅުމާ ގުޅިގެން އެ ރިސޯޓްގެ ޖެނެރަލް މެނޭޖަރު ތޯމަސް ޝުލްޓް ވިދާޅުވީ ސާބިރުގެ ތަޖުރިބާއާ އެކީ ލެ މެރީޑިއެންގެ ހިދުމަތްތަކަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށެވެ. އެގޮތުން އޭނަގެ ތަޖުރިބާ ގާބިލުކަމަކީ ލެ މެރީޑިއަންގެ ޓީމަށް ބޮޑު ހިތްވަރެއް ވެސް ވިދާޅުވި އެވެ.

"ވަރަށް ހޫނު މަރުހަބާއެއް ސާބިރަށް ކިޔަން." ތޯމަސް ވިދާޅުވި އެވެ.