Last Updated: July 27, 15:08
Saturday, July 27, 2024
ކުޅިވަރު

ޖަރުމަނުގެ ކޯޗުކަމުން ފްލިކް ވަކިކޮށްފި

ޖަރުމަނުގެ ގައުމީ ޓީމުގެ ކޯޗުކަމުން ހަންސީ ފްލިކް ވަކިކޮށްފި އެވެ.

ފްލިކް ،58، އަކީ 1926 ވަނަ އަހަރަށް ފަހު ޖަރުމަނުގެ ކޯޗުކަމުން ވަކިކުރި ފުރަތަމަ ކޯޗެވެ.

ނަތީޖާތައް ދަށްވުމާ ގުޅިގެން ފްލިކް މަގާމުން ވަކިކުރިއިރު އެންމެފަހުން ޖަރުމަނުން ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން އެޓީމު ވަނީ ބަލިވެފަ އެވެ. އެގޮތުން އެންމެފަހުން ބޭއްވި ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ޖަރުމަނު ކެޓިއިރު އެކުވެރިކަމުގެ މެޗެއްގައި ރޭ ޖަރުމަނު ވަނީ ޖަޕާން އަތުން އަމިއްލަ ގައުމުގައި ކުޅެ 4-1 އިން ބަލިވެފަ އެވެ.

ބަޔާން މިއުނިކަށް ކުރިން ކޯޗުކަން ކޮށްދިން ފްލިކްގެ އިރުޝާދުގެ ދަށުން ކުޅެ ޖަރުމަނަށް ފާއިތުވި 12 މަސް ދުވަސްތެރޭ ބަލިކުރެވުނީ އޮމާން އާއި ކޮސްޓަރީކާ އަދި ޕެރޫ އެކަންޏެވެ.

ޖަރުމަނުގެ ކޯޗުކަމުގެ މަގާމާ ވަގުތީ ގޮތުން ހަވާލުވެފައިވަނީ އެޓީމަށް މީގެކުރިން ވެސް ކޯޗުކަންކޮށްދިން ރުޑީ ވޮލާ އެވެ.