Last Updated: October 1, 14:18
Sunday, October 1, 2023
ޚަބަރު

ވޯޓް ނުލާ މީހުންގެ ވޯޓް ދެވަނަ ބުރަށް މުހިއްމު

ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ވޯޓްލާން ނުނިކުތް މީހުން ވޯޓް ނުލީ ސަބަބު ދެނެގަނެ، އެކަމަށް ހައްލެއް ހޯދުމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ދެވަނަ ބުރު ކާމިޔާބު ކުރެއްވޭނެ ކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު (މަވޯޓާ) ވިދާޅުވެއްޖެ އެވެ.

އޭނަ ކުރި ޓްވީޓެއްގައި ވިދާޅުވީ އިންތިހާބުގައި ކޮންމެވެސް ސަބަބަކާ ހުރެ ގިނަ އަދަދެއްގެ މީހުން ވޯޓު ލާން ނުނިކުންނަ ކަމަށެވެ. މި އަހަރުގެ އިންތިހާބުގައި ވޯޓްލުމުހެ ހައްގު 282،395 މީހަކަށް ލިބިފައިވެ އެވެ. ނަމަވެސް އިންތިހާބުގައި ވޯޓްލީ 219،843 މީހުންނެވެ. ހަތްދިހަ ހާހަށް ވުރެ ގިނަ މީހުން އިންތިހާބުގައި ވޯޓް ނުލަ އެވެ.

"[އެހެންވެ] އެކަންކަން ބަލައި އިސްލާހުކުރީމަ އެމްޑީޕީއަށް ދެވަނަ ބުރުން ކާމިޔާބު ކުރެވޭނެ." މަވޯޓާ ވިދާޅުވި އެވެ.

ޖުމްލަ 8 ކެންޑިޑޭޓުން ވާދަކުރެއްވި އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ މައްޗަށް ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުއިއްޒު ކުރި ހޯއްދަވާފައިވެ އެވެ. އެއީ 100،000 ލައްކައަކަށް ވުރެ ގިނަ ވޯޓާ އެކީ ވޯޓްލީ މީހުންގެ 46 ޕަސެންޓާ އެކީގަ އެވެ. ރައީސަށް ލިބިވަޑައިގަތީ ވޯޓްގެ 39 ޕަސެންޓެވެ.

އެހެންވެ އިންތިހާބުގައި ގޮތެއް ނިންމުން މިހާރު އޮތީ ދެވަނަ ބުރަކަށް ދާން ޖެހިފަ އެވެ. އެ ބުރުގެ ވޯޓްލުން އޮންނާނީ މި މަހުގެ 30 ގަ އެވެ.

އިންތިހާބު އެއްބުރުން ކާމިޔާބު ކުރެވޭނެ ކަމަށް ރައީސާއި އެމްޑީޕީ އާއި އެ ޕާޓީގެ ކޯލިޝަން ބައިވެރިން ކަމަށްވާ އަދާލަތާއި އެމްޑީއޭ އިން ވަރަށް ބޮޑަށް ކަށަވަރުކުރި ނަމަވެސް ނަތީޖާ އެގޮށް ނުނިކުތުންވީ ލިބުނު ވަރަށް ބޮޑު ހައިރާން ކަމަކަށެވެ. އެހެންވެ އެ ކޯލޮޝނުން މިހާރު މަސައްކަތް ކުރަނީ ކުރިން ހެދުނު ގޯސްތައް ރަނގަޅުކޮށް، އިތުރު ފަރާތްތަކާ ވެސް ގުޅި، ދެވަނަ ބުރު ކާމިޔާބު ކުރެވޭނެ ގޮތެއް ހޯދުމަށެވެ.