Last Updated: July 27, 10:14
Saturday, July 27, 2024
ޚަބަރު

އައްޑޫގައި "ކްރިސްޓަލް މެތު" ވިއްކަނީ!

މަސްތުވާތަކެތީގެ ނުރައްކާތެރި ބާވަތެއް ކަމަށްވާ "ކްރިސްޓަލް މެތު" މިހާރު އައްޑޫގައި ވިއްކަމުންދާތީ ބައެއް ފަރާތްތަކުން ކަަންބޮޑުވުން ފާޅުކޮށްފި އެވެ.

މިކަން އާންމުންގެ ސަމާލު ކަމަށް ގެންނަން މީގެ ވާހަކަ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވެ އެވެ. އެގޮތުން "ހަމަހަމަ ފިކުރު" ކިޔާ ޕޭޖެއްގައި ބުނެފައި ވަނީ "ކްރިސްޓަލް މެތު" ގެ ވިޔަފާރި މިހާރު އެންމެ ބޮޑީ އައްޑޫގެ ވަކިން އޮންނެ ދެ އަވަށް ކަމަށްވާ ހުޅުދު އާއި މީދޫގަ އެވެ.

އެ ޕޯސްޓްގައިވާ ގޮތުން ކުދިކުދި ބިއްލޫރިކޮޅުތަކެއްހެން ހުންނަ "ކްރިސްޓަލް މެތު" މިހާރު ވަނީ އެ އަވަށުގެ ޒުވާނުންގެ މެދުގައި ވަރަށް ބޮޑަށް ފަތުރަމުންނެވެ. އަދި މިއީ މިހާރު ހުޅުމީދޫން މަސްތުވާތަކެތި ނުލިބޭތީ، އެ ތަކެތި ބޭނުންކުރާ މީހުން މެތެޑޯން ބޭސް މިހާރު ބޯތީ، ޒުވާނުންތަކެއް ހަލާކުކުރަންވެގެން ވިޔަފާރިވެރިންތަކެއް އަޑީގައި ތިބެގެން އާންމުކޮށްފައިވާ އެއްޗެކެވެ.

ނަމަވެސް މިކަމާ ބެހޭ ގޮތުން ފުލުހުން މިހާތަނަށް ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.

އައްޑު އަކީ ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަތައް އެންމެ ބޮޑު އެއް ސަރަހައްދެވެ. އެގޮތުން މި ޓްރެފިކްކޮށް، ވިޔަފާރިކުރާ މީހުންނާއި ބޭނުންކުރާ މީހުން އައްޑޫގައި ގިނަ އެވެ.