Last Updated: October 4, 13:32
Wednesday, October 4, 2023
ދުނިޔެ

ފްރާންސްގެ އެހީ މޮރޮކޯ ބޭނުމެއް ނޫން

މިދިޔަ ހުކުރު ދުވަހުގެ ރޭ މޮރޮކޯ އަށް އައި ބިންހެލުމާ ގުޅިގެން ފްރާންސުން، އެ ގައުމަށް އެހީވާން އެދި ހުށަހެޅި ނަމަވެސް ފްރާންސްގެ އެހީ ނުހޯދަން މޮރޮކޯ އިން ނިންމައިފި އެވެ.

މީޑިއާތަކުން ބުނީ ފްރާންސްގެ ރައީސްގެ އެމަނުއެލް މެކްރޯންގެ ފަރާތުން ހުށަހެޅުއްވި ހުށަހެޅުމަށް މޮރޮކޯގެ ރަސްގެފާނު މުހައްމަދު މިހާތަނަށް އެއްވެސް އިޖާބައެއް ދެއްވާފައި ނުވާ ކަމަށެވެ. އެހެންވެ އެ ގައުމުގެ ސްޓޭންޑަކީ ފްރާންސްގެ އެހީ އެއްވެސް ގޮތަކަށް ނުހޯދުން ކަމަށް މޮރޮކޯގެ ސަރުކާރާ ހަވާލާދީ ބައެއް މީޑިއާތަކުން ބުންޏެވެ.

ފްރާންސްގެ ޖަމިއްޔާއެއް ކަމަށްވާ ފަސްޓް ރެސްޕޮންޑާސް ވިތައުޓް ބޯޑާސް އިން ވެސް ބުނީ އެހީއާ ގުޅޭ ގޮތުން މޮރޮކޯ އިން މިހާތަނަށް އެއްވެސް އިޝާރާތެއް ލިބިފައި ނުވާ ކަމަށެވެ

ފްރާންސަކީ ބިންހެލުމާ ގުޅިގެން މޮރޮކޯ އަށް އެހީވާން އެންމެ ފުރަތަމަަ ހުށަހެޅި އެއް ގައުމެވެ.

މީޑިއާތަކުން ބުނީ އެ ގައުމުގެ އެހީ ނުހޯދަން ނިންމީ ސިޔާސީ ގޮތުން ފްރާންސާ ދެނމެދު އޮތް ޒަމާންވީ ނުތަނަވަސްކަމާ ހެދި އެވެ. މޮރޮކޯ އަކީ ފްރާންސްގެ ބާރުގެ ދަށުގައި ވަރަށް ގިނަ ދުވަހު އޮތް ގައުމެކެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ރިކްޓާ މިންގަނޑުން 6.8 ބާރުމިނުގައި މޮރޮކޯ އަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 2،500 އާ ގާތްކޮށްފަ އެވެ.