Last Updated: May 6, 21:20
Monday, May 6, 2024
ދުނިޔެ

އައިފޯން 15 ވިއްކަން ފަށާނީ 22 ގައި

ގިނަ އަހަރުތަކެއް ފަހުން ޔޫއެސްބީން ޗާޖް ވެސް ކުރެވޭ ގޮތަށް ގެނައި ބަދަލާ އެކީ އައިފޯން 15 ރޭ ދައްކާލައިފި އެެވެ.

އެޕަލް އިން "ވޮންޑަސްޓް" ގެ ނަމުގައި ބޭއްވި އިވެންޓްގައި ކުރިން ވެސް ލަފާކުރަމުން އައި ގޮތަށް އައިފޯން 15 ގެ ހަތަރު މޮޑެލްއެއް ދައްކައިލި އެވެ. އޭގެ ތެރޭގައި ހިމެނެނީ އައިފޯން 15، އައިފޯން ޕްލަސް، އައިފޯން ޕްރޯ އަދި އައިފޯން ޕްރޯ މެކްސް އެވެ.

އެޕަލްގެ ސީއީއޯ ޓިލް ކުކް ވިދާޅުވި ގޮތުގައި އައިފޯން 15 ސީރީޒަކީ މިހާތަނަށް ނެރުނު އެންމެ ފުރިހަމަ އައިފޯނެވެ.

ކުރީގެ މޮޑެލްތަކާ ހިލާފަށް މި ފަހަރުގެ މޮޑެލްގައި ހުރި މުހިއްމު ބައެއް ބަދަލުތަކުގެ ތެރޭގައި ޕްރޯ އާއި މެކްސްގައި ރިންގް އޮން/އޮފް ކުރުމަށް "އެކްޝަން ބަޓަން" ހިމަނާފައި ހުރުން ހިމެނެ އެވެ. އެއަށް ފިތާލައިގެން އެކި ފަންކްޝަންތައް ނަގައި، ބޭނުންވާ ފަންކްޝަން އައުމުން ސިލެކްޓް ވެސް ކުރެވޭނެ އެވެ.

ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައިފޯން 15 ރޭ ދައްކައިލުމާ އެކީ އަންނަ ހުކުރު ދުވަހު ޕްރީ-އޯޑަރަށް ހުޅުވައިލަން ވަނީ ނިންމައިގަ އެވެ. އަދި ފޯނު ވިއްކަން ފަށަން ހަމަޖެހިގައި ވަނީ މި މަހުގެ 22 އިން ފެށިގެންނެވެ.

އައިފޯން 15 ސީރީޒްގެ އަގުތައް އުޅެނީ 799-1199 ޑޮލަރާ ދެމެދުގަ އެވެ.