Last Updated: October 4, 15:06
Wednesday, October 4, 2023
ޚަބަރު

"ދުޅަހެޔޮ މާދިރީ" އެގްޒިބިޝަން އާދިއްތަ ދުވަހު

ބައިނަލްއަޤްވާމީ ޕޭޝަންޓް ސޭފްޓީ ދުވަސް ނުވަތަ ބަލިމީހާގެ ރައްކާތެރިކަމުގެ ދުވަސް ފާހަގަ ކުރުމަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ކުރިއަށް ގެންދަން ރާވާފައިވާ "ދުޅަހެޔޮ މާދިރީ" އެގްޒިބިޝަން އަންނަ އާދީއްތަ ދުވަހަށް ފަސްކޮށްފިއެވެ.

މި އެގްޒިބިޝަން ކުރިއަށް ބޭއްވުމަށް ނިންމީ، މިމަހުގެ 16 ވީ ހޮނިހިރު ދުވަހުއެވެ. ނަމަވެސް މިހާރު އެއް ދުވަސް ފަސްކޮށް އާދީއްތަ ދުވަހު ބާއްވަން އޭއީއެޗްއިން ވަނީ ނިންމާފައެވެ. އިކުއެޓޯރިއަލް ހޮސްޕިޓަލުގެ އޯޕީޑީ ސަރަހައްދުގައި ކުރިއަށްދާ މި އެގްޒިބިޝަން އޮންނާނީ އެދުވަހު ހެނދުނު 8:00 އިން ހަވީރު 4:00 އާއި ހަމައަށެވެ.

އެގްޒިބިޝަން ތެރޭގައި، އާންމު ބަލިމީހާއަށް އަޅާލުމުގައި ގޭގައި ކުރެވިދާނެ ގިނަ ކަންކަން ކިޔައިދޭނެއެވެ. މީގެ އިތުރުން ހެލްތު ސްކްރީނިންގް ޕްރޮގްރާމެއްވެސް އެގަޑީގައި ކުރިއަށްދާނެއެވެ. އޭގެތެރެއިން ލޭގެ ޕްރެޝަރާއި، ހަކުރު ޓެސްޓު ކުރުން ފަދަ ކަންކަން ކޮށްދޭނެއެވެ. މީއާއެކު އެނދުމަތި ވެފައިވާ ބަލިމީހަކަށް ގޭގައި ޚިދުމަތް ދޭނެ ގޮތްތައް މި ކިޔައިދީ ސިއްޙީ ގިނަ މަޢުލޫމާތު ފޯރުކޮށްދޭނެއެވެ.

މި އެގްޒިބިޝަނަށް ޒިޔާރަތް ކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ 3 ފަރާތަކަށް ހާއްސަ އިނާމުތަކެއް ދިނުމަށް އޭއީއެޗްއިން ވަނީ ނިންމާފައެވެ.