Last Updated: October 4, 15:06
Wednesday, October 4, 2023
ޚަބަރު

އެމްއޭސީއެލްގެ މުސާރައިގެ 50 ޕަސެންޓް ޑޮލަރުން

ރަޝިއާގެ އެއިރޮފްލޮޓް އިން ފަތުރުވެރިން ފައިބަނީ / ފޮޓޯ: އެމްއޭސީއެލް

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މުވައްޒަފުންނަށް މުސާރައިގެ ދެބައިކުޅަ އެއްބައި ޑޮލަރުން ދޭން ނިންމާފައިވާ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

އެކުންފުނިން މިކަން ހާމަކޮށް މީޑިއާއަށް ބުނެފައިވަނީ، މުސާރައިގެ ދެބައިކުޅަ އެއްބައި ޑޮލަރުން ދޭން އެކުންފުނިން ނިންމީ މިއަދު ކަމަށެވެ. މީގެ ކުރިންވެސް ޑޮލަރުން މުސާރަ ދީފައިވާ އެމްއޭސީއެލްއިން އެކަން ހުއްޓާލީ ކޯވިޑާއި ގުޅިގެންނެވެ. މިއާއެކު މިމަހުން ފެށިން މުސާރައިގެ 50 އިންސައްތަ ދޭނީ ޑޮލަރުން ކަމަށް އެކުންފުނިން މުވައްޒަފުންނަށް ފޮނުވި މެމޯގައި ވަނީ ބުނެފައެވެ.

އޭގެ ފަހުން ކުންފުނި އާންމު ހާލަތައް އަންނަމުން ދިޔައިރު ކޮވިޑާއި ގުޅިގެން ދިނުން ހުއްޓާލި ބޯނަސްވެސް ވަނީ ދޭން ފަށާފައެވެ. މިގޮތުން މިއަހަރު ކުންފުނީގެ ކޮންމެ މުވައްޒަފަކަށް ބޯނަސްގެ ގޮތުގައި 25،000ރ. ދީފައިވެއެވެ.

ރާއްޖޭގެ އެންމެ ބޮޑު އަދި މައި އެއާޕޯޓު ކަމަށްވާ ވެލާނާ އެއާޕޯޓަކީ، ގިނަ އަދަދެއްގެ ޑޮލަރު ވަންނަ ކުންފުންޏެކެވެ. ނަމަވެސް ކޯވިޑު ތެރޭގައި ކުންފުންޏަށް ވަންނަ ޑޮލަރު މަދުވުމާއެކު މުސާރަ އެއްކޮށް ދީފައިވަނީ ދިވެހި ރުފިޔާއިންނެވެ.