Last Updated: May 6, 18:14
Monday, May 6, 2024
ދުނިޔެ

އައިފޯން 12 ނުވިއްކަން ފްރާންސުން އަންގައިފި

އިންސާނުންގެ ސިއްހަތަށް ގެއްލުން ވެދާނެ މިންވަރަށް އައިފޯންގެ 12 ގެ މޮޑެލްތަކުން އިލެކްޓްރޯމެގްނެޓިކް ރޭޑިއޭޝަން އުފައްދާ ކަމަށް ބުނެ އެ މޮޑެލްގެ ފޯނުތައް ވިއްކުން ހުއްޓާލަން ފްރާންސުން އެޕަލް އަށް އަންގައިފި އެވެ.

މިކަމާ ގުޅިގެން ފްރާންސްގެ ނެޝަނަލް ފްރިކްއެންސީ އެޖެންސީ އޭއެންއެފްއާރް) އިން އިއްޔެ ބުނީ އައިފޯން 12 އިން ފާހަގަވި މި މައްސލަ ހައްލުކުރަން އެޕަލް އަށް އަންގާފައިވާ ކަމަށެވެ. އަދި ސޮފްޓްވެއާއެއް މެދުވެރިުކޮށް މިކަން ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެޕަލް އަށް މައްސަލަ ހައްލުކޮށް ނުދެވިއްޖެ، ފްރާންސްގަައި އައިފޯން 12 ގެ މޮޑެލްތައް ވިއްކުން އެއްކޮށް ހުއްޓުމަކަށް ގެންނާނެ ކަމަށް ވެސް ވަނީ އަންގައިފަ އެވެ.

އައިފޯން 12 އަކީ އެޕަލް އިން 2020 ގެ ސެޕްޓެމްބަރުގައި ނެރުނު މޮޑެލްއެކެވެ. އަދި އެއީ މިހާރު ވެސް މޮބައިލް ފޯނު މާކެޓްގައި ވިޔަފާރިވަމުން އަންނަ މޮޑެލްއެކެވެ.

އައިފޯންގެ ކުރީގެ މޮޑެޑެލްއަލުން ރޭޑިއޭޝަންގެ މައްސަލަ ފެންމަތި އިރު، އެ ބްރޭންޑްގެ އެންމެ ފަހުގެ މޮޑެލް އައިފޯން 15 ރޭ ލޯންޗްކޮށްފައިވެ އެވެ.

މޮބައިލް ފޯނުތަކުން އުަފައްދާ ރޭޑިއޭޝަންގެ ސަބަބުން އިންސާނުންގެ ސިއްހަތަށް ނުރައްކާވެދާނެކަމުގެ ބިރު އޮތް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ވެސް ފާހަގަކޮށްފައިވެ އެވެެ. ފްރާންސުން ބުނެފައިވާ ގޮތުގައި އައިފޯން 12 ގައި އުފައްދާ ރޭޑިއޭޝަން ލެވެލް ހުރީ ކަންބޮޑުވާ މިންވަރަށެވެ. އެގޮތުން މީހާއާ ވީހާ ގާތުގައި ހާއްސަކޮށް ޖީބުގައި ނުވަތަ ތަންކޮޅެއް ދުރުގައި އަތްދަބަސް ފަދަ އެއްޗެއްގައި އޮތަސް އޭގެ ރޭޑިއޭޝަން ލެވެލް ކަންބޮޑުވާ މިންވަރަށް މަތި ކަމަށް ބުނެފައިވެ އެވެ.

މިކަމާ ގުޅިގެން އެޕަލް އިން ބުނީ ފްރާންސުން ސަމާލު ކަމަށް ގެނައި މައްސަލަ މިހާރު ރިވިއުކުރަމުން އަންނަ ކަމަށެވެ. އެ ކުންފުނިން ބުނި ގޮތުގައި އަބަދު ވެސް ހުރިހާ މޮޑެލްއެއްގެ ފޯނުތަކެއް ވެސް އުފައްދަނީ ކަނޑައަޅާފައިވާ މިންގަނޑުތަކާއި އުސޫތަކަށް ފައްތައިގެންނެވެ.

ފްރާންސްގެ ޑިޖިޓަލް މިނިސްޓަރު ޖިއަން ނޮއެލް-ބެރޮޓް މީޑިއާއަކަށް ވިދާޅުވީ އެޕަލް އަށް މިހާރު ދީފައި ދެ ހަފުތާގެ މުހުލަތުގެ ތެރޭގައި މައްސަލަ ހައްލުކޮށް ނުދެވިއްޖެ ނަމަ ފްރާންސްގައި އައިފޯން 12 ދައުރުވުން އެއްކޮށް ހުއްޓުމަށް ގެންނާނެ އެވެ.