Last Updated: July 27, 09:53
Saturday, July 27, 2024
ޚަބަރު

ބޭހަކަށް ސަމާލުވާން އިލްތިމާސްކޮށްފި

މައްސަލަތަކެއް ބޭހުގެ ބާވަތެއް ކަމަށްވާ "ޑެފިޓެލިއޯ" އަށް ސަމާލުވާން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިމން އިލްތިމާސްކޮށްފި އެވެ.

އެތަނުން ބުނީ މައްސަލަތަކެއ އުޅޭ އެ ބޭހުގެ ބެޗްތަކެއް ތުރުކިޔޭ އަދި އިންޑިއާގައި ދައުރުވަމުންދާތީ، އެކަމަށް ސަމާލުވުމަށް އެދޭ ކަމަށެވެ. އެމްއެފްޑީއޭ އިން ބުނީ އެ ބޭހުގެ ގޯސް ބެޗްތަކެއް މީގެ ކުރިން ވެސް ޔޫއޭއީއާ ކިރްގިސްތާނުން ފެނިގެން އެކަން ޑަބްލިއުއެޗްއޯ އިން ގައުމުތަކުގެ ސަމާލުކަމަށް ވެސް ގެނެސްފައިވާ ކަމަށެވެ.

ނަމަވެސް "ޑެފިޓެލިއޯ" އަކީ ރާއްޖެއަށް އިމްޕޯޓު ކުރުމާއި ވިއްކުމުގެ ހުއްދަ ދީފައިވާ ބޭހުގެ ތެރޭގައި ހިމެނޭ ބޭހެއް ނޫން ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ. ނަމަވެސް ރާއްޖެ އިން ބޭރުން ބޭސްފަރުވާ ކުރާ ފަރާތްތަކުންނާއި ރާއްޖެއަށް އެތެރެކޮށް ބޭނުންކުރާ ނަމަ އެ ބޭހާ މެދު ސަމާލުވުމަށް އިލްތިމާސްކޮށްފައިވެ އެވެ.

އެމްއެފްޑީއޭ އިން ބުނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭސް ސިޓީއަކަށް ރާއްޖެއަށް އެެތެރެކުރާ ބޭސްތައް ވަރަށް ޚާއްސަ ސަމާލުކަމެއް ދީގެން ޕޯޓްތަކުގައި ބަލައި ފާސް ކުރަމުން އަންނަ ކަމަށެވެ.