Last Updated: July 27, 06:33
Saturday, July 27, 2024
ޚަބަރު

ރާއްޖޭގައި ޕެރަ ސްވިމިން އިފުތިތާހުކޮށްފި

ރާއްޖޭގައި ޕެރަ ސްވިމިން ރަސްމީކޮށް އިފުތިތާހުކޮށްފި އެވެ.

މިކަން އިފުތިތާހުކުރީ ވެސްޓިން ހޮޓެލް އެންޑް ރިސޯޓްސް ގެ އެހީތެރިކަމާ އެކީ މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީ އާއި ސުވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެންނެވެ.

އެކަމަށްޓަކައި ހުޅުމާލާގެ ވޯޓަ އެޖްގައި ބޭއްވި ރަސްމއްޔާތު ޝަރަފުވެރިކޮށް ދެއްވީ އެމެރިކާގެ މަޝްހޫރު ޕެރަ އެތުލީޓެއް ކަމަށްވާ ގްރެގަރީ ބާންސް އެވެ. އޭނަ އަކީ ޕެރަލިމްޕިކްގައި ވާދަކޮށް ހަތަރު މެޑެލް ހޯދާފައިވާ މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ގޯލްޑާއި ދެ ބްރޯންޒެވެ.

ސުވިމިން އެސޯސިއޭޝަނުން ބުނީ ޕެރަ ސުވިމިންގެ ހަރަކާތްތަތައް ރާއްޖޭގައި ފެށުމާ ގުޅިގެން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ދިރިއުޅެމުންގެންދާ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފެތުމުގެ ފުރުސަތުތައް ފަހިވެ، މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަރު ދެން ލިބޭނެ ކަމަށެވެ.

ޕެރަ ސުވިމިން އަކީ ސަރުކާރުން 2019 ގައި ޕެރަލިމްޕިކް ކޮމިޓީ އުފެއްދިު ފަހުން ޕެރަ ކުޅިވަރުތަކުގެ ތެރެއަށް ތައާރަފުކުރި ތިން ވަނަ ޕެރަ ސްޕޯޓްސް އެވެ. ޕެރަ ސްޕޯޓްސް ރާއްޖެ އަށް ކުރިން ތައާރަފުކޮށްފައި ވަނީ ދުވުމާއި ޕެރަ ބެޑްމިންޓަނެވެ. އަދި އަންނަ އަންނަ އަނަރި މީގެ ތެރެއަށް ޓޭބަލް ޓެނިސް ވެސް ތައާރަފުކުރާނެ އެވެ.

ޕެރަ އެތުލީޓުންނަކީ މިހާރު ބައިނަލްއަގުވާމީ މުބާރާތްތަކުގައި ރާއްޖެ ތަމްސީލުކޮށް ރަންވަނަތައް ވެސް ހޯދަމުން އަންނަ ބައެކެވެ.