Last Updated: May 11, 19:51
Sunday, May 11, 2025
ދުނިޔެ

މިސްރުގެ ސްކޫލްތަކުގައި މޫނުބުރުގާ މަނާކޮށްފި!

މިސްރުގެ ސްކޫލްތަކުގައި މޫނުބުރާ އެޅުން މަނާކޮށްފި އެވެ.

އެ ގައުމުގެ އެޑިއުކޭޝަން މިނިސްޓަރު ރީދާ ހެގާޒީ ވިދާޅުވީ މޫނުބުރުގާ މަނާކުރި ނަމަވެސް އާންމު އާންމު އުސޫލުގެ ދަށުން ހަމައެކަނި އިސްތަށިގަނޑު ނިވާވާ ގޮތަށް ބުރުގާ އަޅަން ބޭނުންވާ ދަރިވަރުންނަށް އެ އިހުތިޔާރު އޮންނާނެ ކަމަށެވެ.

"ބުރުގާ އެޅުން ސްކޫލްތަކުގައި މަނަލެއް ނޫން. އެކަމަކު އެއީ ކާކުކަން ނޭނގޭ ގޮތަށް މޫނުބުރުގާ އެޅުމަކީ އެއްވެސް ގޮތަކުން ބަލައިގަނެވޭނެ ކަމެއް ނޫން." މިނިސްޓަރު ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ އާދައިގެ ބުރުގާ އަޅަން ދަރިވަރުންނަށް އަބަދު ވެސް ހުއްދަ އޮންނާނެ އެވެ. އެކަމަކު އެފަދަ ބުރުގާ އަކީ ވެސް ސްލޫކުން ކަނޑައަޅާ ކުލައަކުން އަޅާ އެއްޗަކަށް ވާން ޖެހޭ ކަމަށް ވިދާޅުވި އެވެ.

މިސްރުގެ ސްކޫލްތަކުގައި މޫނުބުރުގާ އެޅުން މަނާކޮށްފައި މި ވަނީ މި މަހުގެ 30 ގައި ފަށާ ދިރާސީ އަހަރާ އެކީގަ އެވެ. އަދި އެ އުސޫލު އަންނަ އަހަރުގެ ޖޫން 8 އާ ހަމައަށް ތަންފީޒުކުރަމުން ގެންދާނެ އެވެ.

މޫނުބުރުގާގެ އަކީ ފަހަކަށް އައިސް ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން "ބޮޑު އިޝޫއެއް" ގެ ގޮތުގައި ނަގާ މައްސަލައެކެވެ. ނަމަވެސް މޫނުބުރުގާ އެޅުމަކީ އިސްލާމް ދީނުގައި ވަރަށް ބޮޑަށް ބާރުއަޅާ، ދީނުގެ މުހިއްމު އަސާސެކެވެ.