Last Updated: October 1, 12:15
Sunday, October 1, 2023
ޚަބަރު

މަސް ގަންނަ އަގު 25ރ. އަށް ބޮޑުކުރަނީ

ރައީސް ސޯލިހު މިރޭ މަސްވެރިންނާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން

ސަރުކާރުން މަސް ގަންނަ އަގު 25ރ. ބޮޑުކުރަން ނިންމައިފި އެވެ.

މިފްކޯ އިން ބުނީ މާދަމާ އިން ފެށިގެން އެ ކުންފުނިން މަސް ގަންނާނީ ބޮޑުކުރި އަގުގައި ކަމަށާއި އެކަން ވަރަށް އަވަހަށް މަސްވެރީންނަށް އަންގާނެ ކަމަށެވެ.

ސަރުކާރުން މަސް ގަންނަ އަގު ބޮޑުކުރަން ނިންމިއިރު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވަނީ މާލޭގައި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކާއި ބައްދަލުކޮށްފަ އެވެ.

މިފްކޯ އިން މިހާރު މަސް ގަންނަމުން އަންނަނީ ކިލޯއެއް 17ރ. ގެ ރޭޓުންނެވެ.