Last Updated: July 1, 23:03
Wednesday, July 2, 2025
ޚަބަރު

ދިއްގަރުގެ ބިން ހިއްކައި ނިންމާލައިފި

މ. ދިއްގަރު-

މ. ދިއްގަރު ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ނިންމާލައިފި އެވެ.

އެމްޓީސީސީން ދިއްގަރުގެ ބިން ހިއްކުމުގެ މަސައްކަތް ފެށީ 2021 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގަ އެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ދިއްގަރުގެ ބިން ހިއްކުމުގެ މަސައްކަތް ނިމިފައިވާއިރު މިހާރު ކުރިއަށްދަނީ ފ. ފީއަލީ ބިން ހިއްކުމުގެ މަސައްކަތް ކަަމަށެވެ.

ދިއްގަރު ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން 25 ހެކްޓަރުގެ ބިން ހިއްކާފައިވެ އެވެ.

މ. ދިއްގަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަކީ 121.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.